މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޣާޒީ ބިލްޑިންގ ޢިމާރާތުގެ ތިރީގެ އިރުމަތީފަރާތް މަރާމާތުކޮށް އެތަނުގައި ރަނގަޅު ފެންވަރެއްގެ އޮފީސް ޖާގައެއް ހެދުމާގުޅޭ

އިޢުލާން 

ޣާޒީ ބިލްޑިންގގެ ޢިމާރާތުގެ ތިރީގެ އިރުމަތީފަރާތް މަރާމާތުކޮށް އެ ތަނުގައި ރަނގަޅު ފެންވަރެއްގެ އޮފީސް ޖާގައެއް ހެދުމާގުޅޭ

ޣާޒީ ބިލްޑިންގގެ ޢިމާރާތުގެ ތިރީގެ އިރުމަތީފަރާތު ބައި މަރާމާތުކޮށް އެ ތަނުގައި ރަނގަޅު ފެންވަރެއްގެ އޮފީސް ޖާގައެއް ހެދުމަށްވަނީ ބޭނުން ވެފައެވެ.

ވިމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންނަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އަގު ހުށަހެޅުމަށް ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހަޅުއްވާ އަގުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.    

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު، މާލެ، ދިވެހިރާއްޖެ

07 ޛުލްޤަޢިދާ 1437

10 އޮގަސްޓް 2016
ހޯދާ