ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 ރިލީފް ޓީޗަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  | 
 ށ. މިލަންދޫ ސްކޫލް  | 
| 
 މަޤާމުގެ ބާވަތް:  | 
 ވަގުތީ  | 
| 
 މުވައްޒަފުންގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ  | 
 މަޤާމުގެ އަސާސީ މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ސާނަވީ ތަޢުލީމް ފުރިހަމަކުރުންކަމަށްވާނަމަ  | 
 މަހަކު -/4،500 ރުފިޔާ  | 
 މަހަކު -/1،500 ރުފިޔާ  | 
| 
 މަތީ ސާނަވީ ތަޢުލީމް ފުރިހަމަކުރުން ކަމަށްވާނަމަ  | 
 މަހަކު -/5،500 ރުފިޔާ  | 
 މަހަކު -/1،500 ރުފިޔާ  | 
| 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުން ކަމަށްވާނަމަ  | 
 މަހަކު -/6،090 ރުފިޔާ  | 
 މަހަކު -/1،500 ރުފިޔާ  | 
| 
 ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް: - ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެމަތިން ފިލާވަޅުތައް ނަގައިދިނުން. - ކުރިއަށް އޮންނަ ހަފުތާއަށް ލެސަން ޕްލޭންކޮށް، ޓީޗިންގ އެއިޑްސް ތައްޔާރުކުރުން. - ސްކީމް އޮފް ވާރކް ތައްޔާރުކުރުން. - ދަރިވަރުން ކުރާ މަސައްކަތް ބަލައި، ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް ފާހަގަކުރުން. - ޔުނިޓްތައް ނިމުމުން ނުވަތަ ޕްލޭންކޮށްފައިވާ އުޞޫލުން، ކިޔަވައިދެވުނު އެއްޗެއް ދަރިވަރުންނަށް ހާސިލުވެފައިވާ މިންވަރު ވަޒަންކުރުން. - ސްކޫލުގައި ބާއްވާ ކުޅިވަރު މުބާރަތްތައް ރާވައި ހިންގުމާއި، ސްކޫލުން ބޭރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ތަމްރީނުކުރުން.  | 
| 
 އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.  | 
| 
 އިންޓަވިއުކުރުން: * މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އެހެންކަމުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތު އެންގޭނެއެވެ. އިންޓަވިއު އޮންނާނީ މި ސްކޫލުގައެވެ. އަދި ކިޔަވައިދިނުމުގެ ފެންވަރު ބެލުމުގެގޮތުން ކުލާހުގައި 1 ގަޑިނެގުމަށް ހަމަޖެހިފައިވެއެވެ. * މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 1. ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ) 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)  ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 15 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 10:00 އެވެ. ނޯޓު: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6540541 ނަންބަރު ފޯނާ ގުޅުން އެދެމެވެ.  | 
| 
 1 ޛުލްޤަޢިދާ 1437  | 
