ދިވެހިރާއްޖެ
މަޤާމު: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް: ޕްރޮކިއުމަންޓް
ތަޢުލީމާ ތަޖުރިބާ:
- ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
- މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ގަންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ގަތުމުގެ މަސައްކަތްކުރުން.
- ތަކެތި ގަތުމާ ގުޅިގެން ކުރާ މުޢާމަލާތްތަކުގެ ލިޔެކިޔުންތައް ހެދުމާއި ފައިލްކޮށް ބެލެހެއްޓުން.
- ބީލަމުގެ މަސައްކަތްތައްކޮށް ބެލެހެއްޓުން.
- މިނޫންވެސް ޕްރޮކިއުމެންޓް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2016 ޖުލައި 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.