ރީޖަނަލް އެއަރޕޯޓްސް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ތިމަރަފުށީ އެއަރޕޯޓްގައި ބައެއް މަސައްކަތްތައްކުރުން
                                އިޢުލާން
ތިމަރަފުށީ އެއަރޕޯޓްގައި މަސައްކަތްތަކެއް ކުރަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3323776 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
19 ޝައްވާލް 1437
             24 ޖުލައި 2016
            
        
                    ހޯދާ  
                
                 
                    