ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކ. ގުރައިދޫގައި ޤާއިމުކުރެވޭ ފުޓްސެލްދަނޑުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސެލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗު އަދި ލެވެލިންގގެ މަސައްކަތް މި ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ހަދާފައިވާ ކުރެހުންތަކާއި މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)338-MS/338/2016/28 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ކ. ގުރައިދޫ ކައުންސިލްގެ އިދާރާ  | 
 01 އޮގަސްޓު 2016  | 
 ހޯމަ  | 
 11:00  | 
| 
 އަންދާސީހިސާބު ހުށައެޅުން  | 
 ކ. ގުރައިދޫ ކައުންސިލްގެ އިދާރާ  | 
 07 އޮގަސްޓު 2016  | 
 އާދީއްތަ  | 
 11:00  | 
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
