ދިވެހިރާއްޖެ
އިޢުލާން
ޤައުމީ ދާރުލްއާޘާރާއި އުތީމު ގަނޑުވަރަކީ ގިނަ އަދަދަކަށް ފަތުރުވެރީންނާއި އާންމުން ޒިޔާރަތް ކުރާތަނެކެވެ. އަދި މިހާރު ހުޅުވިފައި ހުންނަ ގަޑިތަކުގައި ގިނަ އަދަދެއްގެ ދިވެހީންނަށް ޤައުމީ ދާރުލްއާޘާރަށާއި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމަށް ދަތިވެއެވެ. އެހެންކަމުން، ހޮނިހިރު ދުވަހު ޤައުމީ ދާރުލްއާޘާރަށާއި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރުމަށް އެދެމުންދާ ފަރާތްތައް އިތުރުވަމުންދާތީ، 2016 ޖުލައި 16 ވާ ހޮނިހިރު ދުވަހުން ފެށިގެން ޤައުމީ ދާރުލްއާޘާރާއި އުތީމު ގަނޑުވަރު މިދަންނަވާ ގަޑިތަކުގައި ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.
ޤައުމީ ދާރުލްއާޘާރާއި އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެ ގަޑިތައް
| 
 ތަން  | 
 ދުވަސް  | 
 ހުޅުވިފައި ހުންނާނެ ގަޑިތައް  | 
 ޓިކެޓް ވިއްކާ ގަޑިތައް  | 
| 
 ޤައުމީ ދާރުލްއާޘާރު  | 
 ހޮނިހިރު  | 
 ހެނދުނު 10:00 އިން ހަވީރު 16:00 އަށް  | 
 ހެނދުނު 10:15 އިން 15:30 އަށް  | 
| 
 އުތީމު ގަނޑުވަރު  | 
 ހޮނިހިރު  | 
 ހެނދުނު 8:00 އިން 14:00 އަށް  | 
 ހެނދުނު 8:15 އިން 13:30 އަށް  | 
މިހެންވެ މިކަން އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
7 ޝައްވާލް 1437
