ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމުގައި ވަގުތީގޮތުން ގެންގުޅޭނެ މީހަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 އެސިސްޓެންޓް އެކައުންޓް އޮފިސަރ  | 
| 
 މަޤާމުގެ ގިންތި:  | 
 ވަގުތީ  | 
| 
 މުއްދަތު:  | 
 2 އަހަރުދުވަސް  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 އޮފީސް / އިދާރާ:  | 
 މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ / ނ. މަގޫދޫ  | 
| 
 ސެކްޝަން / ޔުނިޓް:  | 
 ކޯޕަރޭޓް އެފެއާޒް ޔުނިޓް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ / ނ. މަގޫދޫ  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 
 
 މަޤާމުގެ ޝަރުޠު:  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސުކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން.  | 
| 
 
 
 
 
 
 
 
 
 މަޤާމުގެމަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 
 
 
  | 
 1- އޮފީހަށް ލިބޭ ފައިސާ ބަލައިގަނެ، ރަސީދު ހަދައި، އެ ފައިސާ ދުވަހު ފޮތަށާއި ތިޖޫރި ބާކީއަށް ގަވާއިދުން އަރުވައި، ތިޖޫރީގައި ބެހެއްޓުމަށްފަހު އެންމެ ލަސްވެގެން މަހަކު އެއްފަހަރު ބޭންކަށް ފައިސާ ޖަމާކުރުން. 2- އިދާރާއަށް ސަރުކާރުން ދެއްވާ ބަޖެޓުގެ ފައިސާ އެކައުންޓަށް ޖަމާކުރުމާއި، އެ ފައިސާ ގަވާއިދުން ޚަރަދުކުރުމާއި، ފައިސާ ޖަމާކުރެވޭ ހުރިހާ އެކައުންޓުގެ ބާކީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި، ހުރިހާ އެކައުންޓުގެ އައިޓަމް ބާކީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 3- ކޮންމެ އަހަރަކު ކައުންސިލުން ހަދަންޖެހޭ ބަޖެޓް ހެދުމުގެ އެންމެހައި އިދާރީ މަސައްކަތްކޮށް ބަޖެޓް ނިންމައި، ހުށަހަޅަންޖެހޭ ތާރީޚަށް ހުށަހެޅުން. 4- ފައިސާއާ ގުޅޭ ފޮތްތަކާއި، ލިޔެކިޔުންތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 5- ފައިސާއާ ބެހޭގޮތުން ހަދަންޖެހޭ އެންމެހައި ރިޕޯޓްތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން. 6- މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ދިނުމަށް ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ފައިސާގެ ވައުޗަރތަކާއި އޮފީހުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާގެ ވައުޗަރތައް ހަދައި ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން. 7- މުވައްޒަފުންގެ މުސާރައާއި ދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ދިނުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބޭންކުން ފައިސާ ނަގައިގެން ނުވަތަ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކޮށްގެން މުވައްޒަފުންނާ ހަވާލުކުރުން. 8- ކައުންސިލުން ފައިސާ ދައްކަންޖެހޭ ހުރިހާ ބިލްތަކަށް، އެކައުންޓުގައި ފައިސާ ހުރިނަމަ 5 ދުވަހުގެ ތެރޭގައި ފައިސާދެއްކުމާއި، އެކައުންޓުގައި ފައިސާ ނެތްނަމަ، އެ ފައިސާ ޖަމާކުރުމަށްފަހު އެއްމަސްދުވަސް ވުމުގެ ކުރީން ފައިސާ ދެއްކުން. 9- ފިޠުރު ޒަކާތާއި، މުދަލު ޒަކާތުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އެކަމާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ފައިލްކުރުން. 10- ފައިސާއާބެހޭ އެންމެހައި ލިޔެކިއުންތައް ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ފައިލުކޮށް ބެލެހެއްޓުން. 11- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލު އިންތިޒާމް ހަމަޖެއްސުމުގެގޮތުން ހަވާލުކުރެވޭ މަސައްކަތްތަކާއި، އޮފީހުގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، ނ. މަގޫދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު އޮންނާނެ ތާރީޚު، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.  | 
| 
 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 އެޕްލިކޭޝަން ހުށަހަޅާނީ، 2016 ޖުލައި 20 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލް އިދާރާއަށެވެ. އީމެއިލް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތަކުގެ އަޞްލު 3 ދުވަހުގެ ތެރޭގައި މި ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގައި އަޞްލު ހުށަނާޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.  | 
| 
 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.  | 
| 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިލަދުންމަޑުލު ދެކުބުރީ މަގޫދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)  | 
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން މާޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560031 ނަންބަރު ފޯނާއެވެ. އީމެއިލްކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލްކުރާނެ އެޑްރެހަކީ، [email protected] އެވެ.  | 
29 ރަމަޟާން 1437
