ދިވެހިރާއްޖެ
އިޢުލާން
ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 - ކޭޓަރިންގ
16 - 19 ޖުލައި 2016
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން 16 ޖުލައި 2016 އިން 19 ޖުލައި 2016 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016" ބައިވެރިވާ ފަރާތްތަކަށް ކޭޓަރިންގ އަދި ބައްދަލުވުން ހިނގަމުންދާއިރު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ސައި/ކޮފީ އާއި ބޯފެނުގެ ޚިދުމަތް މި އިޢުލާނާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ނަންބަރު (IUL)438-RDS/1/2016/80 (16 ޖޫން 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަހާސިންތާއަށް ބޭނުންވާ ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށް ދެއްވަންޖެހޭ ގޮތްތަކާއި ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމަޖެހިފައި ހުންނަންޖެހޭގޮތުގެ ތަފުސީލު ތިރީގައި ދެންނެވިފައި މިވަނީއެވެ.
ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް
ހ. 16 ޖުލައި 2016
|
ގަޑި |
މީހުންގެ އަދަދު |
ތަފުސީލު |
|
12:00 |
60 |
60 މީހުންގެ މެންދުރު ކެއުން. (މިކެއުމުގައި ބީފް، ޗިކަން، ޓޫނާ ފަރިއްކުޅުއްވާ ފަރާތްތަކަށް ކެވޭނެގޮތަށް ހުންނަންވާނެއެވެ. އަދި މީގެ އިތުރުން ރައިސް، ނޫޑްލްސް ނުވަތަ ޕާސްތާ، ސެލަޑް، ޑެޒަރޓް، ފްރުޓްސް، ސައި/ކޮފީ، ފެން، ސޮފްޓް ޑްރިންކްސް އަދި ދުފާ އެއްޗެހި ހުންނަންވާނެއެވެ.) |
|
16:00 |
60 |
60 މީހުންގެ ހަވީރު ސައި/ކޮފީ (މިސައިގައި ތިން ވައްތަރުގެ ސޭންޑްވިޗް، ކުކީސް، ކޭކް، ސައި/ކޮފީ އަދި ފެނާއި ދުފާ އެއްޗެހި ހިމަނަންވާނެއެވެ.) |
ށ. 17 ޖުލައި 2016
|
ގަޑި |
މީހުންގެ އަދަދު |
ތަފުސީލު |
|
07:00 އިން 09:00 އަށް |
60 |
ހެނދުނުގެ ނާސްތާ: މި ކެއުމުގައި 03 (ތިނެއް) ވައްތަރުގެ ސޭންޑްވިޗް، 03 (ތިނެއް) ވައްތަރުގެ ޕޭސްޓްރީސް، 01 (އެކެއް) ވައްތަރުގެ ފޮނި ހެދިކާ، އަދި 02 (ދޭއް) ވައްތަރުގެ ކޭކު ހިމަނަންވާނެއެވެ. އަދި ސައި/ކޮފީ ލިބެން ހުންނަންވާނެއެވެ. އަދި ފެނާއި ދުފާ އެއްޗެހި ހުންނަންވާނެއެވެ. |
|
10:00 އިން 10:30 އަށް |
475 |
ކޮފީ ބްރޭކް: މި ބްރޭކްގައި 02 (ދޭއް) ވައްތަރުގެ ސޭންޑްވިޗް، 03 (ތިނެއް) ވައްތަރުގެ ކުކީސް އަދި 01 (އެކެއް) ވައްތަރުގެ ކޭކު ހިމަނަންވާނެއެވެ. އަދި ސައި/ކޮފީ ލިބެން ހުންނަންވާނެއެވެ. އަދި ފެނާއި ދުފާ އެއްޗެހި ހުންނަންވާނެއެވެ. |
|
12:00 އިން 13:00 އަށް |
475 |
މެންދުރު ކެއުން: މިކެއުމުގައި ބީފް، ޗިކަން އަދި ޓޫނާ ފަރިއްކުޅުއްވާ ފަރާތްތަކަށް ކެވޭނެ ގޮތަށް 02 (ދޭއް) ވައްތަރުގެ ކެއުން ހުންނަންވާނެއެވެ. އަދި މީގެ އިތުރުން ރައިސް، ނޫޑްލްސް ނުވަތަ ޕާސްތާގެ ތެރެއިން 02 (ދޭއް) ވައްތަރާއި، 01 (އެކެއް) ސެލަޑް، 02 (ދޭއް) ޑެޒަރޓްގެ ވައްތަރާއި، 03 (ތިނެއް) ވައްތަރުގެ ފްރުޓްސް، ސައި/ކޮފީ އަދި 02 (ދޭއް) ވައްތަރުގެ ފިނި ބޯތަކެތި ހުންނަންވާނެއެވެ. އަދި ފެނާއި ދުފާ އެއްޗެހި ހުންނަންވާނެއެވެ. |
|
15:30 އިން 16:00 އަށް |
575 |
ކޮފީ ބްރޭކް: މި ބްރޭކްގައި 02 (ދޭއް) ވައްތަރުގެ ސޭންޑްވިޗް، 03 (ތިނެއް) ވައްތަރުގެ ކުކީސް އަދި 01 (އެކެއް) ވައްތަރުގެ ކޭކު ހިމަނަންވާނެއެވެ. އަދި ސައި/ކޮފީ ލިބެން ހުންނަންވާނެއެވެ. އަދި ފެނާއި ދުފާ އެއްޗެހި ހުންނަންވާނެއެވެ. |
|
މަހާސިންތާ ހިނގާ ވަގުތުތަކުގައި |
09:00 އިން 19:00 އަށް |
މި ފޯރަމް ހިނގަމުންދާ ހުރިހާ ވަގުތެއްގައިވެސް ފޯރަމުގެ ތެރޭގައި 400 މީހުންނަށް ކޭޓަރ ކުރެވޭ ފެންވަރުގެ ކޮފީ/ސައި ސްޓޭންޑެއް މަހާސިންތާގެ މައި ހޯލް (ރަންނަބަނޑޭރިމާލަމް) ގައި ހުންނަންވާނެއެވެ. މި ސްޓޭންޑްގައި ފެނާއި، ދުފާ އެއްޗެހީގެ އިތުރުން މައުތު ފްރެޝްނަރ ލިބެން ހުންނަންވާނެއެވެ. |
|
މި ފޯރަމް ހިނގަމުންދާ ހުރިހާ ވަގުތެއްގައިވެސް ފޯރަމުގެ ތެރޭގައި 10 މީހުންނަށް ކޭޓަރ ކުރެވޭ ފެންވަރުގެ ކޮފީ/ސައި ސްޓޭންޑެއް މަހާސިންތާގެ ވީ.އައި.ޕީ ހޯލް (ހިރިޔާ މާލަމް) ގައި ހުންނަންވާނެއެވެ. މި ސްޓޭންޑްގައި ފެނާއި، ދުފާ އެއްޗެހީގެ އިތުރުން މައުތު ފްރެޝްނަރ ލިބެން ހުންނަންވާނެއެވެ. |
ނ. 18 ޖުލައި 2016

12:00 އިން 13:00 |

ނ. 19 ޖުލައި 2016

* މި މަހާސިންތާގައި ޕްލާސްޓިކް ފެންފުޅި އަދި ޑިސްޕޯޒަބަލް ތަކެތި (އޫ، ސަމުސާ، ތަށި ފަދަ ތަކެތި) ބޭނުމެއް ނުކުރެވޭނެއެވެ. އެހެންކަމުން، މަހާސިންތާ ހިނގަމުންދާއިރު ހުރިހާ ބައިވެރިންނަށް ފެން ލިބޭގޮތަށް މޭޒުތައް މަތީގައި ބެހެއްޓުމަށް ކޮންމެ 02 (ދޭއް) ބައިވެރިއަކަށް 01 (އެކެއް) ޖަގު/ބިއްލޫރި ފުޅި ވާވަރަށް ޖުމްލަކޮށް 250 ފެން ޖަގު/ބިއްލޫރި ފުޅި އަދި ކޮންމެ ބައިވެރިއަކަށް 01 (އެކެއް) ބިއްލޫރި ފެންބޯތަށި ވާވަރަށް ޖުމްލަ 475 ބިއްލޫރި ތަށި ހުންނަންވާނެއެވެ.
* ކޭޓަރ ކުރާ ތަނުގައި ބޭނުންވާނެ މޭޒާއި ގޮނޑި ފޯރުކޮށްދޭންވާނެއެވެ. އަދި މޭޒުތަކުގައި ހުދު ލިނަން އަޅާފައި ހުންނަންވާނެއެވެ.
* ކޭޓަރކޮށްދޭ ފަރާތުން ކޭޓަރިންގއާ ގުޅުންހުރި އެންމެހާ މަސައްކަތް ކޮށްދެއްވަންވާނެއެވެ.
* މަހާސިންތާ ހިނގަމުންދާ ވަގުތުތަކުގައި ކޭޓަރ ކޮށްދޭ ފަރާތުގެ 4 މުވައްޒަފަކު (ވޭޓަރުން) އަބަދުވެސް ޑިއުޓީ އުސޫލުން މަހާސިންތާ ހިނގަމުންދާ ތަނުގައި ތިބެންވާނެއެވެ. އަދި ކޮފީ/ސައި ބޮއި ނިމިފައިވާ ތަށިތައް ގަވާއިދުން އެއެއްޗެއް ހުރި މޭޒަކުން ނަގަންވާނެއެވެ. އަދި ފެން ހުސްވެފައިވާ ޖަގު/ބިއްލޫރި ފުޅިތައް ގަވާއިދުން ފުރަންވާނެއެވެ.
* ވޭޓަރުންގެ ގޮތުގައި ތިބޭ މީހުންނަކީ ކޭޓަރ ކޮށްދޭ ފަރާތުގެ ބައެއްކަން ދޭހަކޮށްދޭ ޔުނީފޯމުގައި ތިބޭ ބައެއް ކަމުގައި ވާންވާނެއެވެ.
* ކޮފީ އަދި ސައި ހަމަޖެއްސުމުގައި ޑައިބެޓިކް ޝުގަރވެސް ލިބެން ހުންނަންވާނެއެވެ.
* ކޭޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މަސައްކަތްކުރާ ތަނާއި، ކޮފީ/ސައި ސްޓޭންޑްތަކާއި ކެއުންތައް ބާއްވާ ތަން ބަހައްޓަންވާނީ ސާފުތާހިރުކޮށެވެ.
ހުށަހަޅަންވީ ތަކެތި
- އަންދާސީހިސާބު ހުށަހަޅަންވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭގޮތަށް.
- އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ތިރީގައި މިވާގޮތުގެ މަތިން 3 މަސައްކަތުގެ އަގު އަދި މެނޫ ވަކިން އެނގޭގޮތަށެވެ:
- 16،17،18،19 މިދުވަސްތަކުގެ ހުރިހާ ސަޔެއް އަދި ކެއުމެއްގެ އަގުތަކާއި ތަފުސީލީ މެނޫތައް ވަކިން
- މަހާސިންތާ ހިނގަމުންދާއިރު ފެން، ކޮފީ، މައުތު ފްރެޝްނަރ، ޓިޝޫ، ދުފުން، ވަކިން
- ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2013 ގެ ޖަނަވަރީން 2016 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.
- އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިޔުމެއް މަދުނަމަ އެ ޕްރޮޕޯޒަލެއް ބާޠިލު ކުރެވޭނެއެވެ.
މިމަސައްކަތުގައި ޓެކްނިކަލް ގޮތުން ފާސް ކުރުމުގައި ބެލެވޭނެ ކަންތައްތައް
* ފައިނޭންޝިއަލް އިވެލުއޭޝަން ހެދުމުގެ ކުރިން ހުށަހަޅާފައިވާ ބިޑްތަކުގެ ތެރެއިން އިޢުލާނުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ޝަރުޠުތައް ހަމަވެފައިވޭތޯ ބެލެވޭނެއެވެ.
* މިގޮތުން ފައިނޭންޝިއަލް އިވެލުއޭޝަން ކުރެވޭނީ ޓެކްނިކަލް ގޮތުން އެ ޝަރުޠުތައް ހަމަވާ ބިޑްތަކެވެ. އަދި އެހެން ބިޑްތައް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ބިޑްތައް އިވެލުއޭޓު ކުރެވޭ ގޮތުގެ ތަފުސީލު
އަގަށް: 60 ޕޮއިންޓް
އެންމެރަނގަޅު ހުށަހެޅުމަކަށް: 20 ޕޮއިންޓް
ތަޖުރިބާ: 20 ޕޮއިންޓް
* ތަޖުރިބާއަށް ޕޮއިންޓު ދެވޭނީ ދާއިރާއާ ގުޅޭގޮތުން ފާއިތު ވެފައިވާ 3 އަހަރުގެ ތެރޭގައި މިބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާފައި
* މަސައްކަތް ހަވާލު ކުރުމުގައި ޓެކްނިކަލުން ފާސްވުމަށްފަހު ފައިނޭންޝިއަލް އިވެލުއޭޝަނަށް ބަލައި އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބިޑް އެވޯޑް ކުރެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 ގައި ބައިވެރިވާ ފަރާތްތަކަށް ކޭޓަރިންގ އަދި ބައްދަލުވުން ހިނގަމުންދާއިރު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ސައި/ކޮފީ އާއި ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އިޢުލާނު ނަންބަރު: (IUL)438-RDS/1/2016/116
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ޖުލައި 2016 ވާ ބުދަ ދުވަހުގެ 12:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ގަޑިއަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މަޢުލޫމާތުގެ މިންގަނޑުތަކަށެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018341 ނަންބަރު ފޯނަށެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
ވެބްސައިޓް: www.environment.gov.mv