ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 17 ނޮވެންބަރު 2016 ގައެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިދަންނަވާ ދާއިރާތަކަށް ވަނީ ހުޅުވާލެވިފައެވެ.
- އަމިއްލަ ފަރުދުންގެ ދާއިރާ
- ރަށުފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
- ވިޔަފާރީގެ ދާއިރާ
- ސްކޫލް، ކޮލެޖް، ފެކަލްޓީ ފަދަ ތަޢުލީމީ މަރުކަޒުތަކުގެ ދާއިރާ
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
- ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ދާއިރާ
މައުރަޒުގައި ތަކެތި ބައިވެރި ކުރުމަށް އެދޭ ފަރާތްތަކުން، މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ 02:00 ގެ ކުރިން، ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން މިދަންނަވަނީއެވެ. ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުން މައުރަޒުގައި ބައިވެރިކުރާ ތަކެތި ހުށަހެޅުމުގެ އެންމެފަހު ތާރީޚު ފަހުން އިޢުލާން ކުރެވޭނެއެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ބޮޑުތަކުރުފާނު މަގު
- ބިޒްނަސް ސެންޓަރ/ ހދ. ކުޅުދުއްފުށި
- ބިޒްނަސް ސެންޓަރ/ އައްޑޫ ސިޓީ
- ބިޒްނަސް ސެންޓަރ/ދ. ކުޑަހުވަދޫ
- ބިޒްނަސް ސެންޓަރ/ލ. ފޮނަދޫ
- ބިޒްނަސް ސެންޓަރ/ޅ. ނައިފަރު
- ބިޒްނަސް ސެންޓަރ/ގ.ދ ތިނަދޫ
ފޯމު ހުށަހެޅުއްވުމުގައި، އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާ ފޯމުވެސް ޤަބޫލުކުރެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ.
މައުރަޒުގައި ތަކެތި ބައިވެރި ކުރުމަށް 61 ގިންތި ކަނޑައެޅިފައިވެއެވެ. މި ގިންތިތަކުގެ ތަފުސީލު މި ދަންނަވަނީއެވެ.
|
ނަންބަރު |
ގިންތީގެ ކޯޑު ނަންބަރު |
ގިންތީގެ ތަފުސީލު |
|
1 |
0101 |
ލާޖެހި ތަކެތި |
|
2 |
0102 |
ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސްވެނިއަރ |
|
3 |
0103 |
ދިރޭތަކެތީގެ ހަން (ލެދަރ) ބޭނުންކޮށްގެން ތަކެތި އުފެއްދުން |
|
4 |
0104 |
ކަނޑައިނެގުން (ކާވިންގ) |
|
5 |
0105 |
ކަސަބުން އުފައްދާ ތަކެތި |
|
6 |
0106 |
ވިޔުމުގެ މަސައްކަތް |
|
7 |
0107 |
ކުނަލާއި ކުނަލުގެ އުފެއްދުން |
|
8 |
0108 |
އަތްތެރި މަސައްކަތުގެ އެހެނިހެން ބައިތައް |
|
9 |
0209 |
ދަނޑުވެރިކަމުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) |
|
10 |
0210 |
ދަނޑުވެރިކަމުގެ ދާއިރާގެ އާ އުފެއްދުންތައް |
|
11 |
0211 |
ދަނޑުވެރިކަމުގެ އާލާތް (ޓޫލްސް/މެޝިނަރީ) |
|
12 |
0312 |
މަހުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) |
|
13 |
0313 |
މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުންތައް |
|
14 |
0314 |
މަސްވެރިކަމުގެ އާލާތް (ޓޫލްސް/މެޝިނަރީ) |
|
15 |
0415 |
ފަތުރުވެރިކަމާ ގުޅުންހުރި އާ އުފެއްދުންތައް |
|
16 |
0516 |
ކަނޑުދަތުރުގައި ބޭނުންކުރާ އުޅަނދުތައް |
|
17 |
0517 |
ކަނޑުދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތައް |
|
18 |
0518 |
ކަނޑުދަތުރުގައި ބޭނުންކުރާ އާލާތްތައް |
|
19 |
0519 |
ކަނޑުދަތުރުގެ އާ އުފެއްދުންތައް |
|
20 |
0520 |
ވައިގެދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލް |
|
21 |
0521 |
ވައިގެދަތުރުގެ އާ އުފެއްދުން |
|
22 |
0522 |
އެއްގަމުދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތައް |
|
23 |
0523 |
އެއްގަމުދަތުރުގެ އާ އުފެއްދުން (މޮޑެލް) |
|
24 |
0624 |
ޢިމާރާތްކުރުމުގައި ބޭނުންކުރާ އާލާތްތައް |
|
25 |
0625 |
ޢިމާރާތްކުރުމުގައި ބޭނުންކުރާ އާ އުފެއްދުންތައް |
|
26 |
0626 |
މޭސްތިރިކަން (އާކިޓެކްޗަރ ޑިޒައިން) – ތްރީޑީ ނުވަތަ މޮޑެލް |
|
27 |
0627 |
އެތެރެ ފަރުމާ (އިންޓީރިއާ ޑިޒައިން) – ތްރީޑީ ނުވަތަ މޮޑެލް |
|
28 |
0728 |
ފޯނު އެޕްލިކޭޝަން |
|
29 |
0729 |
ކޮމްޕިއުޓަރ ސޮފްޓްވެއަރ އުފެއްދުން |
|
30 |
0730 |
ކޮމްޕިއުޓަރ އެނިމޭޝަންގެ އުފެއްދުން |
|
31 |
0731 |
އައި.ސީ.ޓީ ގެ އުފެއްދުން |
|
32 |
0732 |
ދިވެހިރާއްޖޭގެ ޞިނާޢަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ |
|
33 |
0833 |
ކުރެހުން (ޑްރޯވިންގ) |
|
34 |
0834 |
ޕެއިންޓިންގ |
|
35 |
0835 |
ސްކަލްޕްޗަރ އަދި މޮނިއުމެންޓްސް |
|
36 |
0836 |
ޑިޖިޓަލް އާޓްސް |
|
37 |
0837 |
ފައިން އާޓްސް |
|
38 |
0838 |
ޕޯސްޓްކާޑު |
|
39 |
0839 |
އާޓްގެ އެހެނިހެން ބާވަތްތައް |
|
40 |
0940 |
ފޮތީގެ އަދި ފެހުމުގެ އުފެއްދުން |
|
41 |
0941 |
އެމްބްރޮއިޑަރީގެ މަސައްކަތް |
|
42 |
1042 |
ރަންރިހީގެ އުފެއްދުން |
|
43 |
1043 |
ބޫޓު/ދަބަސް ފަދަ ތަކެތި |
|
44 |
1044 |
ޕާރސަނަލް އެކްސެސަރީޒް |
|
45 |
1145 |
އިއާދަކުރަނިވި ހަކަތައާއި ތިމާވެށްޓާ ރައްޓެހި ހަކަތަ (ރިނިއުއެބަލް/ގްރީން އެނަރޖީ) ބޭނުންކޮށްގެން އުފައްދާފައިވާ މޮޑެލްތައް |
|
46 |
1246 |
ދިވެހިރަހަތައް ވަގުތުން ތައްޔާރުކުރުން (ޓޭސްޓްސް އޮފް މޯލްޑިވްސް) |
|
47 |
1247 |
ދިވެހި ބުއިންތައް ވަގުތުން ތައްޔާރުކުރުން |
|
48 |
1348 |
އިންޖިނިއަރިންގ އެންޑް މެޝިނަރީ – ޕްރޮޑަކްޓް |
|
49 |
1349 |
އިލެކްޓްރޯނިކްސްގެ އުފެއްދުންތައް |
|
50 |
1550 |
ރީޔޫސް، ރީސައިކަލްގެ އުފެއްދުން |
|
51 |
1651 |
ލަކުޑީގެ މަސައްކަތް |
|
52 |
1752 |
ގަލުގެ މަސައްކަތް |
|
53 |
1853 |
ކިޔަވައިދިނުމުގެ އެހީ (ޓީޗިންގ އެއިޑްސް) |
|
54 |
1954 |
ފޮތް (ލިޓްރެޗަރ) |
|
55 |
2055 |
ފޮޓޯގްރަފީ – ޑިޖިޓަލް އަދި ޕްރިންޓިންގ ފޮޓޯ |
|
56 |
2156 |
ޑޮކިއުމެންޓްރީ (30 މިނިޓާއި 1 ގަޑިއިރާ ދެމެދު) |
|
57 |
2257 |
ދަނގަޑާއި އެހެނިހެން މަޢުދަނުގެ އުފެއްދުން |
|
58 |
2358 |
ފައިބަރުގެ މަސައްކަތް |
|
59 |
2459 |
ކުޑަކުދިންގެ ފޮތާއި ކުޅޭސާމާނު |
|
60 |
2560 |
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ތަކެތި |
|
61 |
2665 |
ކަނޑައަޅާފައިވާ ބައިތަކުގެ ތެރޭގައި ނުހިމެނޭ ތަކެތި |
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016 ގައި ޢަމަލުކުރާ އުސޫލު www.mauraz.gov.mv ވެބްސައިޓުން ލިބޭނެއެވެ. މައުރަޒުގެ މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަންބަރުތައް މިދަންނަވަނީއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/މައުރަޒު އޮފީސް 7930298، 7930312، 7996790
ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ: 6528313
އައްޑޫ ސިޓީ ބިޒްނަސް ސެންޓަރ: 6881013
ދ.ކުޑަހުވަނދޫ ބިޒްނަސް ސެންޓަރ: 6760533
ލ. ފުނަދޫ ބިޒްނަސް ސެންޓަރ: 6800097
ޅ. ނައިފަރު ބިޒްނަސް ސެންޓަރ: 6620350
ގ.ދ ތިނަދޫ ބިޒްނަސް ސެންޓަރ: 6842001
މައުރަޒާބެހޭ އިތުރު މަޢުލޫމާތު މައުރަޒުގެ ވެބްސައިޓުގައި ހިމަނަމުން ގެންދެވޭނެކަމަށާއި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު www.mauraz.gov.mv އިން ލިބެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
25 ރަމަޟާން 1437
