ދިވެހިރާއްޖެ
އިޢުލާން
މާފުށީޖަލުގެ އިދާރީ އޮފީސް އިމާރާތާއި މެޑިކަލް ޕޯސްޓް އިމާރަތްކުރާނެ ފަރާތެއް ހޯދުމަށް:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގައި ހެދުމަށް ހަމަޖެހިފައިވާ އިދާރީ އޮފީހާއި މެޑިކަލް ޕޯސްޓް އިމާރާތް ކުރުމަށްޓަކައި އެ ދެ އިމާރާތުގެ ޑީޓެއިލް ޑްރޯއިންއާއި ބީއޯކިއޫ އަދި އިމާރާތްކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފްޞީލް | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 11 ޖުލައި 2016 | އާދީއްތަ | 11:00 | 
| އަންދާސީހިސާބު ހުށަހެޅުން | 17 ޖުލައި 2016 | އާދީއްތަ | 11:00 | 
23 ރަމަޟާން 1437
 
                    