ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައިޑްކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ކޭބަލް ޓީވީގެ ޚިދުމަތް ދިވެހިރައްޔިތުންނަށް ހެޔޮއަގުގައި ފޯރުކޮށްދިނުމަށް މި ކުންފުނިން ފަށައިގަތުމުގެ ފުރަތަމަ މަރުޙަލާގައި، އެ ޚިދުމަތް މި ކުންފުނިން ޤަބޫލުކުރާ އުސޫލުތަކަކާ އެއްގޮތްވާގޮތުގެ މަތީން ރައިޑްކޮށްދޭނޭ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ފައިބަރ ޓު ދި ހޯމް ( އެފް.ޓީ.ޓީ.އެޗް) ނެޓްވާރކެއްގެ ތެރެއިން ކޭބަލްޓީވީގެ ޚިދުމަތް މި ކުންފުންޏަށް ރައިޑްކޮށްދިނުމުގެ ޤާބިލުކަން ހުރި، މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 1 ޖަހާއިރު މި ކުންފުނީގެ ހެޑްއޮފީސް މ. ރޭޑިއޯ ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށްދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްފަހު، 14 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 2 ޖަހާއިރަށް، އެ ފަރާތްތަކުގެ ހުށަހެޅުންތައް މި ކުންފުނީގެ ހެޑްއޮފީސް މ. ރޭޑިއޯ ބިލްޑިންގއަށް ވަޑައިގެން ހުށަހަޅުއްވައިދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންއަށް ކޮންމެ ފަރާތަކުންވެސް ވަޑައިގަންނަވަންވާނީ، އެ ފަރާތަކީ މި ޚިދުމަތް ރައިޑްކޮށްދިނުމުގެ ޤާބިލުކަން ހުރި ފަރާތެއްކަން ކަށަވަރުކޮށްދޭ ރަސްމީ ލިޔެކިޔުންތަކާ އެކުގައެވެ. އަދި ކުންފުންޏަކުން ނުވަތަ ޤާނޫނީ އެނޫން ޝަޚްޞަކުން މި ސެޝަންއަށް ފޮނުއްވަވާ ކޮންމެ މީހެއްގެ އަތުގައިވެސް އެމީހަކު އެ ތަމްސީލުކުރާ ތަނެއްގެ ނަމުގައި މި ސެޝަނަށް ހާޒިރުވެ އެ ތަނުގެ ނަމުގައި އެންމެހައި ކަމެއް ކުރުމުގެ ޕަވަރ އޮފް އެޓަރނީ ދީފައިވާ ކަމުގެ ޤަރާރެއް، އެ ޤަރާރަށް ބާރުލިބިދޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންނަން ވާނެއެވެ. އަދި ކޭބަލްޓީވީގެ ޚިދުމަތް ރައިޑްކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެވޭނީ، ހަމައެކަނި މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޝަރުޠު ހަމަވެ، އެ ސެޝަންގައި ބައިވެރިވި ފަރާތްތަކުން ހުށަހަޅާ ހުށަހެޅުން އެކަނި ކަމުގައިވެސް ދެންނެވީމެވެ.

17 ރަމަޟާން 1437

22 ޖޫން 2016
ހޯދާ