މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016' ގައި ބައިވެރިވާ ފަރާތްތަކަށް 16 ޖުލައި 2016 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ދިނުމަށް ހަމަޖެހިފައިވާ ފަރިއްކޮޅުގެ ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016ބައިވެރިންގެ ރޭގަނޑު ފަރިއްކޮޅު (16 ޖުލައި 2016)

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 16 ޖުލައި 2016 އިން 19 ޖުލައި 2016 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016" ގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން 16 ޖުލައި 2016 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ދިނުމަށް ހަމަޖެހިފައިވާ ފަރިއްކޮޅުގެ ކޭޓަރިންގ ޚިދުމަތްތައް މި އިޢުލާނާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ފަރިއްކޮޅުގެ ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ގޮތްތަކާއި ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމަޖެހިފައި ހުންނަންޖެހޭގޮތް ތިރީގައި ދެންނެވިފައި މިވަނީއެވެ.

ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް

ތާރީޚު: 16 ޖުލައި 2016 (ހޮނިހިރު ދުވަސް)

ތަން: ދޮށިމޭނާ މާލަމް އަދި ފާށަނާ މާލަމް، ދަރުބާރުގެ، މާލެ

ގަޑި: 20:00 އިން 23:00 އަށް

ކޭޓަރ ކުރަންޖެހޭ މީހުންގެ އަދަދު: 575

މެނޫގައި ހިމަނަންޖެހޭ ބައިތައް:

  1. ވެލްކަމް ޑްރިންކް
  2. ސައި/ކޮފީ އަދި 02 ވައްތަރުގެ ބޯތަކެތި
  3. ފިނި ފެން
  4. ބީފް، ޗިކަން އަދި ޓޫނާ ފަރިއްކުޅުއްވާ ފަރާތްތަކަށް ކެވޭނެ ގޮތަށް 03 (ތިނެއް) ވައްތަރުގެ ކެއުން
  5. ރައިސް، ނޫޑްލްސް ނުވަތަ ޕާސްތާގެ ތެރެއިން 02 (ދޭއް) ވައްތަރު
  6. ސެލެޑްގެ 02 (ދޭއް) ވައްތަރު
  7. ޑެޒަރޓްގެ 03 (ތިނެއް) ވައްތަރު
  8. ފްރެޝް މޭވާގެ 03 (ތިނެއް) ވައްތަރު
  9. ދުފާ ތަކެތި

* މި މަހާސިންތާގައި ޕްލާސްޓިކް ފެންފުޅި އަދި ޑިސްޕޯސަބަލް ތަކެތި (ޕްލާސްޓިކު ފުޅި، އޫ، ސަމުސާ، ތަށި ފަދަ ތަކެތި) ބޭނުމެއް ނުކުރެވޭނެއެވެ.

* ކޭޓަރ ކޮށްދޭ ފަރާތުން ކޭޓަރިންގއާ ގުޅުންހުރި އެންމެހާ މަސައްކަތް ކޮށްދެއްވަންވާނެއެވެ.

* ފަރިއްކޮޅު ހިނގަމުންދާ ވަގުތުތަކުގައި ކޭޓަރ ކޮށްދޭ ފަރާތުގެ މުވައްޒަފުން (ވޭޓަރުން) އަބަދުވެސް ފަރިއްކޮޅު ހިނގަމުންދާ ތަނުގައި ތިބެންވާނެއެވެ. އަދި ނިމިފައިވާ ތަށިތައް ގަވާއިދުން އެއެއްޗެއް ހުރި މޭޒަކުން ނަގަންވާނެއެވެ.

* ވޭޓަރުން ކާ މޭޒުތަކަށް ގަވާއިދުން ފެނާއި ބޯތަކެތި ފޯރުކޮށްދޭންވާނެއެވެ.

* ވޭޓަރުންގެ ގޮތުގައި ތިބޭ މީހުންނަކީ ކޭޓަރ ކޮށްދޭ ފަރާތުގެ ބައެއްކަން ދޭހަކޮށްދޭ ޔުނީފޯމުގައި ތިބޭ ބައެއް ކަމުގައި ވާންވާނެއެވެ.

* ކޮފީ އަދި ސައި ހަމަޖެއްސުމުގައި ޑައިބެޓިކް ޝުގަރ ވެސް ލިބެން ހުންނަންވާނެއެވެ.           

* ކޭޓަރ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު މަސައްކަތްކުރާ ތަން ބަހައްޓަންވާނީ ސާފުތާހިރުކޮށެވެ. 

ހުށަހަޅަންވީ ތަކެތި

  • އަންދާސީހިސާބު ހުށަހަޅަންވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭގޮތަށް.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ މަސައްކަތުގެ އަގު އަދި މެނޫ ވަކިން އެނގޭގޮތަށެވެ.
  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންނެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2013 ގެ ޖަނަވަރީ އިން 2016 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.
  • އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިޔުމެއް މަދުނަމަ، އެ ޕްރޮޕޯޒަލެއް ބާޠިލު ކުރެވޭނެއެވެ.

މިމަސައްކަތުގައި ޓެކްނިކަލް ގޮތުން ފާސް ކުރުމުގައި ބެލެވޭނެ ކަންތައްތައް

* ފައިނޭންޝިއަލް އިވެލުއޭޝަން ހެދުމުގެ ކުރިން ހުށަހަޅާފައިވާ ބިޑްތަކުގެ ތެރެއިން އިޢުލާނުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ޝަރުޠުތައް ހަމަވެފައިވޭތޯ ބެލެވޭނެއެވެ.

* މިގޮތުން ފައިނޭންޝިއަލް އިވެލުއޭޝަން ކުރެވޭނީ ޓެކްނިކަލް ގޮތުން އެ ޝަރުޠުތައް ހަމަވާ ބިޑްތަކެވެ، އަދި އެހެން ބިޑްތައް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ބިޑްތައް އިވެލުއޭޓު ކުރެވޭ ގޮތުގެ ތަފުސީލު

އަގަށް: 50 ޕޮއިންޓު   

އެންމެރަނގަޅު ހުށަހެޅުމަކަށް: 30 ޕޮއިންޓު

ތަޖުރިބާ: 20 ޕޮއިންޓު

* ތަޖުރިބާއަށް ޕޮއިންޓު ދެވޭނީ ދާއިރާއާ ގުޅޭގޮތުން ފާއިތުވެފައިވާ 3 އަހަރުގެ ތެރޭގައި މިބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާފައި       

* މަސައްކަތް ހަވާލު ކުރުމުގައި ޓެކްނިކަލްއިން ފާސްވުމަށްފަހު ފައިނޭންޝިއަލް އިވެލުއޭޝަނަށް ބަލައި އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބިޑް އެވޯޑު ކުރެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 ޕްރޮކިއުމަންޓް ޔުނިޓް

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

"ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016" ގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން 16 ޖުލައި 2016 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ދިނުމަށް ހަމަޖެހިފައިވާ ފަރިއްކޮޅުގެ ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-RDS/1/2016/81  

ޕްރީ ބިޑް ބައްދަލުވުން

މި މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 22 ޖޫން 2016 ވާ ބުދަ ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 29 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިޢުލާނުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018341 ނަންބަރު ފޯނަށެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް:  [email protected]

ވެބްސައިޓް: www.environment.gov.mv

16 ޖޫން 2016
ހޯދާ