މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކްލައިމެޓް ޗޭންޖް އަދި އެނަރޖީ އެފިޝެންސީއަށް އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ވީޑިއޯ ސްޕޮޓް ތައްޔާރުކުރުމާބެހޭ

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ކްލައިމެޓް ޗޭންޖް އަދި އެނަރޖީ އެފިޝެންސީއަށް އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ވީޑިއޯ ސްޕޮޓް ތައްޔާރުކުރުމާބެހޭ

މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އެހީގެ ދަށުން، ކުރިއަށް ގެންދާ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމުގައި ބޭނުންކުރާނެ 4 ވީޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިގޮތުން ވީޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 5 ޖޫން 2016 ގައި ކުރެވުނު ނަންބަރު: IUL)438-GGRS/438/2016/123) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި، 27 ޖޫން 2016 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

ބީލަން ހުޅުވުން އޮންނާނީ ބީލަންތައް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 27 ޖޫން 2016 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:  3018300 (960)+   3018201 (960)+

އީމެއިލް: [email protected]

16 ޖޫން 2016
ހޯދާ