މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ. މީދޫގެ ކުނިމެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ރ. މީދޫގެ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް 06 ޖޫން 2016 ކުރެވުނު ނަންބަރު IUL)438-RDS/1/2016/68) އިޢުލާނުގައިވާ ކުށެއްގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv ން ޑައުންލޯޑްކުރެއްވޭނެއެވެ.                  

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ

 ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ރ. މީދޫ ކުނިމެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމާ ބެހޭ އިޢުލާނު ނަންބަރު: IUL)438/1/2016/78)

މި މަސައްކަތާބެހޭ ތަފުސީލު މި މަސައްކަތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "ޓެންޑަރ ޑޮކިއުމަންޓްސް" ގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތުގެ ޓެންޑަރ ޑޮކިއުމަންޓްސް މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ އެއްވެސް ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 10.30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 10.30 އަށް ބީލަން ފުރިހަމަކުރުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވާ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected]

13 ޖޫން 2016
ހޯދާ