މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބ. ކުޑަރިކިލު ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމާ ގުޅޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ބ. ކުޑަރިކިލުގެ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް 06 ޖޫން 2016 ކުރެވުނު ނަންބަރު IUL)438-RDS/1/2016/69) އިޢުލާނުގައިވާ ކުށެއްގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޝްރޫޢާ ގުޅޭ ބީލަންފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.                 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ބ. ކުޑަރިކިލު ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމާބެހޭ އިޢުލާނު ނަންބަރު: IUL)438/1/2016/79)

މި މަސައްކަތާބެހޭ ތަފުސީލު މި މަސައްކަތަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ "ޓެންޑަރ ޑޮކިޔުމަންޓްސް" ގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓްސް މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv އިން ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

ޕްރީބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 12:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަން ދަންނަވަމެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ޖަލުސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected]

13 ޖޫން 2016
ހޯދާ