މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ (އީ.އައި.އޭ) ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ (އީ.އައި.އޭ) ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ޑިޒައިންގކުރަމުންދާ ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ (އީ.އައި.އޭ) ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ މަޤުސަދަކީ އީ.އައި.އޭ ސްކޯޕިންގއަށް އެޕްލިކޭޝަން ހުށަހެޅުމާއި، އީ.އައި.އޭ ސްކޯޕިންގ މީޓިންގގައި ފާހަގަކުރާ ކަންތަކަށް ރިޔާޢަތްކޮށް ސާރވޭ މަސައްކަތްތައް ކުރުމާއި، އީ.އައި.އޭ ތައްޔާރުކުރުމާއި، އީ.އައި.އޭ ރިވިއުއަރސް އެދިވަޑައިގަންނަވާ ސުވާލުތަކަށް ޖަވާބުދާރީވުން ހިމެނެއެވެ.

އީ.އައި.އޭ ރިޕޯޓު ތައްޔާކުރަންވާނީ އެންވަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތަންފީޒުކުރުމުންދާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އެއްގޮތަށެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް" މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 2016 ޖޫން 27 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 3018-301-960+

އީމެއިލް: [email protected]

"ޕްރޮޕޯސަލް" ހުންނަންވާނީ ބަންދުކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

13 ޖޫން 2016
ހޯދާ