ދިވެހިރާއްޖެ
އިޢުލާން
އަބޫޡަބީ ފަންޑު ފޯ ޑިވެލޮޕްމަންޓ (އޭ.އެފް.ޑީ) ގެ ލޯނު އެހީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އައްޑޫ ސިޓީގައި "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ދަށުން ވޭސްޓް ޓު އެނަރޖީ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކަމަށްވިއަސް މި މަޝްރޫޢަކީ އައްޑޫ ސިޓީއާއި ފުވައްމުލައް، ހުވަދު އަތޮޅު ދެކުނުބުރި އަދި އެއަތޮޅު އުތުރުބުރި ހިމެނޭ ގޮތަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެކުލަވައިލާފައިވާ މަޝްރޫޢެކެވެ.
މިގޮތުން މި މަޝްރޫޢުގެ ދަށުން ހުވަދު އަތޮޅުގެ ރަށްރަށުގައި ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ގދ.ވާދޫގައި ކުނި މެނޭޖުކުރުމުގެ އައު މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް
ގދ.ވާދޫގައި ކުނި މެނޭޖުކުރުމުގެ އައު މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތްކުރަންޖެހޭ ކަންތައްތަކާއި ޚިދުމަތުގެ ކޮލިޓީ ހުންނަން ޖެހޭގޮތުގެ ތަފުސީލު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރަންސް މި މިނިސްޓްރީގެ ވެބްސައިޓް ކަމަށްވާ www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ހުށަހަޅަންވީ ތަކެތި
- އަންދާސީހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.
- އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކި ވަކި ބައިތަކުގެ އަގު އަދި އަދަދު ވަކިން އެނގޭގޮތަށެވެ.
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ޖީއެސްޓީއަށް ރަޖިސްޓަރީކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންނެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2013 ގެ ޖަނަވަރީން 2016 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ.
- އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިއުމެއް މަދުނަމަ އެ ޕްރޮޕޯސަލެއް ބާޠިލު ކުރެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ގދ.ވާދޫގައި ކުނި މެނޭޖުކުރުމުގެ އައު މަރުކަޒެއް ޤާއިމުކުރުމާބެހޭ އިޢުލާނު ނަންބަރު: IUL)438-RDS/1/2016/84)
ޕްރީ ބިޑް ބައްދަލުވުން
މި މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓު:
-
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
-
ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މަޢުލޫމާތުގެ މިންގަނޑުތަކަށެވެ.
-
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018431 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected] , [email protected]
ވެބްސައިޓް: www.environment.gov.mv
