ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގެދަށުން ހިނގަމުންދާ ގއ. ކޮނޑޭ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
| 
 މަޤާމް:  | 
 ރިސެޕްޝަނިސްޓް  | 
||
| 
 ބޭނުންވާ އަދަދު  | 
 1 (އެކެއް)  | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ރޭންކް: GS3  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
||
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ގއ. ކޮނޑޭ ޞިއްޙީ މަރުކަޒު، ގއ. ކޮނޑޭ  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 - ޞިއްޙީ މަރުކަޒަށް ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، މެމޯ ހައްދައިދިނުމާއި، ރިސެޕްޝަނުގައި ކުރަންޖެހޭ އާސަންދައިގެ އެންމެހައި މަސައްކަތް ކުރުން. - ތަރުޖަމާނަކު ނެތްނަމަ، ޑޮކްޓަރު ކޮޓަރީގައި ބަލިމީހުން ބެލުމަށް އެހީތެރިވެ ދިނުމާއި، ބަލިމީހުންނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން ރިފަރަލް، މެޑިކޯ ލީގަލްފަދަ ލިޔުންތައް ތައްޔާރުކުރުން. - ރެޖިސްޓްރޭޝަނުގެ ހުރިހައި މަސައްކަތެއް ކުރުމުގައި އެހީތެރިވެދިނުން. - އޯ.ޕީ.ޑީ އިންވެންޓްރީ ބެލެހެއްޓުމާއި، ކައުންޓަރަށް ލިބޭ ފައިސާ ބަލައިގަނެ، ކަމާ ގުޅޭ މުވައްޒަފުންނަށް ހަވާލުކުރުން. - ޞިއްޙީ މަރުކަޒަށް ޚިދުމަތް ހޯދުމަށް ފޯނުން ނުވަތަ އެހެން ގޮތަކުންވެސް މުޢާމަލާތްކުރާ ފަރާތްތަކަށް އަދަބުވެރިކަމާއެކު މުޢާމަލާތްކުރުމާއި، އެހީތެރިވުމާއި، ކަންކަން އޮންނަ ރަނގަޅުގޮތް ސާފުކޮށް ބުނެދިނުން. މީގެ އިތުރުންވެސް، ޞިއްޙީ މަރުކަޒުން އަންގާ، ޞިއްޙީ މަރުކަޒުގެ ރަސްމީ މަސައްކަތްކުރުން.  | 
||
| 
 ތަޢުލީމާއި ތަޖުރިބާ:  | 
 - ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލެޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖެގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރި ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:  | 
 - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.  | 
||
| 
 ޢިނާޔަތްތައް:  | 
 - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް، ރިސްކް އެލަވަންސްގެ ގޮތުގައި -/25 ރުފިޔާ.  | 
||
| 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ގއ. ކޮނޑޭ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ www.health.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)  | 
||
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ގއ. ކޮނޑޭ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.  | 
||
| 
 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 - 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި. - އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. - ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އިންޓަވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން، ލިޔުމުން އެންގޭނެއެވެ.  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6824658 އެވެ.  | 
||
26 ޝަޢުބާން 1437
