މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ފަންނީ އެހީތެރިކަން ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ފަންނީ އެހީތެރިކަން ހޯދުން:

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ މަޤުޞަދަކީ ތައްޔާރުކުރެވިފައިވާ، ފެނާއި ނަރުދަމާގެ ޤާނޫނުގައި ބަޔާންކުރެވިފައިވާ ގަވާއިދުތައް (އިނގިރޭސި އަދި ދިވެހި ތަރުޖަމާ) ތައްޔާރުކުރުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯޒަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 2016 ޖޫން 13 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 3018301

އީމެއިލް: [email protected]

"ޕްރޮޕޯޒަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި "ޕްރޮޕޯޒަލް" މި މަސައްކަތުގެ ނަމާއި، ހުށަހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

30 މޭ 2016
ހޯދާ