ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު: 
| 
 2 (ދޭއް)  | 
 ބޭނުންވާ އަދަދު:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
 މަޤާމް:  | 
|||||||
| 
 އެޑްމިން  | 
 ޑިވިޜަން:  | 
 ފުވައްމުލަކު ސްކޫލް  | 
 އޮފީސް:  | 
|||||||
| 
 މަޤާމުގެ ޝަރުޠު: މަޤާމުގެ އޮނިގަނޑުގައިވާ ގޮތުގެ މަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.  | 
||||||||||
| 
 ސަރވިސް އެލަންވަންސް  | 
 މުސާރަ  | 
 ޝަރުޠު  | 
 ކްލެސިފިކޭޝަން  | 
 ރޭންކް  | 
 މަޤާމް  | 
|||||
| 
 މަހަކު -/1،500 ރުފިޔާ  | 
 މަހަކު -/5،020 ރުފިޔާ  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ: 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
 އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
 GS4  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
|||||
| 
 މައިގަނޑު މަސައްކަތްތައް  | 
 ދާއިރާތައް  | 
 މަޤާމް  | 
||||||||
| 
 - މުވައްޒަފުންގެެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުން. - ސަލާމާއި ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓުން. - ސްޓޮކް ބެލެހެއްޓުން. - ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - ސްކޫލުން އެކިއެކި ފަރާތްތަކަށް ލިޔަންޖެހޭ ސިޓީ މެސެޖްފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - އާމްދަނީއާއި ޚަރަދާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - ސްކޫލަށް ބަލައިގަންނަ އެންމެހައި ފައިސާ، ސަރުކާރުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން. - ބިލުތައް އެންޓަރކޮށް އޯޑަރ ފޯމް އެޓޭޗްކުރުން. - ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން - އެގްރިމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.  | 
 - އެޑްމިނިސްޓްރޭޝަން - މެނޭޖްމެންޓް - އިންފޮމޭޝަން ޓެކްނޮލޮޖީ - ހިއުމަން ރިސޯސް މެނޭޖްމެންޓް - އެކައުންޓިންގ - ފައިނޭންސް - ބިޒްނަސް  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތަކަށް ބަލައިގެން.  | 
||||||||||
| 
 އިންޓަވިއުކުރުން: - މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 5 ޖޫން 2016 އާއި 9 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައި، ފުވައްމުލަކު ސްކޫލުގައެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. - އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. ޝޯޓުލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.  | 
||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: - ސިވިލް ސަރވިސްގެ ވަޒީފާއަށް އެެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުުނު 8:00 އިން 13:00 އަށް މި ސްކޫލުން ލިބެން ހުންނާނެއެވެ. - އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ. - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) - މިހާރު ސަރުކާރަށް ޚިދުމަތްކުރަމުންދާ މުވައްޒަފަކުނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އެ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. - ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.  | 
||||||||||
| 
 ސުންގަޑި: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 2 ވާ ބުރާސްފަތިދުވަހުގެ 13:00 އެވެ.  | 
||||||||||
| 
 އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6860002 ނަންބަރު ފޯނަށެވެ.  | 
||||||||||
18 ޝަޢުބާން 1437
