ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ކްލައިމެޓް ޗޭންޖް އަދި އެނަރޖީ އެފިޝެންސީއަށް އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ވީޑިއޯ ސްޕޮޓް ތައްޔާރުކުރުމާބެހޭ
މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އެހީގެ ދަށުން، ކުރިއަށް ގެންދާ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމުގައި ބޭނުންކުރާނެ 4 ވީޑިއޯ ސްޕޮޓް ހަދައިދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި، 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 11:00 ކުރިންނެވެ.
ބީލަން ހުޅުވުން އޮންނާނީ، ބީލަންތައް ހުށަހަޅާ ފާރަތްތަކުގެ ހާޒިރުގައި 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 3018300 (960)+ 3018201 (960)+
އީމެއިލް : [email protected]
