ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ރެވެނިއު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ރެވެނިއު އޮފިސަރ ގްރޭޑް 3

މުސާރައާއި އެލަވަންސް:

މަހަކު -/7،500 ރުފިޔާ

މަޤާމުގެ ރޭންކް:

AS 9

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ފައިނޭންސް އެންޑް ރެވެނިއު/އެކައުންޓްސް

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޭ ލެވޭލް އިމްތިޙާނު 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: އެކައުންޓްސް އެންޑް ފައިނޭންސްގެ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ޚިދުމަތްތަކަށް ހެދޭ ބިލްތަކުގެ އެންޓްރީ އަޕްޑޭޓްކޮށް ގަވާއިދުން ބެލެހެއްޓުން.

2. ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވެ، ފައިސާ ނުދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަދާންކޮށްދީ ސްޓޭޓްމަންޓް ފޮނުވުމާއި، ޔުނިޓް ހެޑްގެ ލަފާގެމަތިން ސިޓީ ފޮނުވައި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

3. ޚިދުމަތްތަކަށް ހަދަންޖެހޭ ބިލްތައް ހެދުމާއި، ލަސްނުކޮށް ބިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުންގެންދިއުން.

4. ކޮންމެމަހެއް ނިމުމުން، އެ މަހެއްގައި ހެދުނު ބިލްތަކުގެ ޖުމްލަ ފައިސާގެ ހިސާބާއި، ފައިސާ ނުދައްކާ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ ލިސްޓެއް ނުލިބޭ ފައިސާގެ ޖުމްލަ އެނގޭނެހެން ރިޕޯޓެއްހަދައި، ޔުނިޓް ހެޑްގެ ލަފާގެމަތިން އެކައުންޓްސް ޔުނިޓަށް ދިނުން.

5. އާމްދަނީ ފައިސާ ބަލައިގަންނަންޖެހޭ ހާލަތުގައި ފައިސާ ބަލައިގަތުން.

6. ފައިލްކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

6. ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

7. ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.

8. މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި:

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖޫން 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 އާ ގުޅުން އެދެމެވެ.

12 ޝަޢުބާން 1437

19 މޭ 2016
ހޯދާ