ދިވެހިރާއްޖެ
އިޢުލާން
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
ޕަބްލިކް ސަރވީސް މީޑިއާ އިން ބާއްވާ އިވެންޓްތަކަށް ލައިޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް 31 ޑިސެންބަރު 2016 ގެ ނިޔަލަށް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/PSM/2016/114 ނަންބަރު އިޢުލާނާ ގުޅިގެން ޕްރޮޕޯޒަލް ހުށަހެޅުމުގެ މަރުޙަލާގައި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، ޕްރޮޕޯޒަލް ހުޅުވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 މޭ 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
12 ޝަޢުބާން 1437