ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ސަޕޯޓް ސަރވިސް (އެސް. އެސް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތްކުރަންޖެހޭ އޮފީސް:

ޢިމާދުއްދީން ސްކޫލް

މަސައްކަތްކުރަންޖެހޭ ރަށް:

ކ. މާލެ

މަޤާމުގެ މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.  

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:

- ސްކޫލުގެ ކުލާސްރޫމްތަކާއި، އިމާރާތުގެ ތެރޭގައިވާ އެހެނިހެން ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން.

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ދެ ހަފްތާގެ ތެރޭގައެވެ.

* މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބަލެމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

* ސަރުކާރުގެ މުވައްޒަފެއްނަމަ ނުވަތަ ސިވިލް ސަރވިސްގެ މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

* ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި  ވަޒީފާއަށް  އެދި  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  މި  ސްކޫލުގެ  އޮފީހަށެވެ. ފޯމާއި  ތަކެތި  ހުށަހެޅުމުގެ  ސުންގަޑިއަކީ، 2016 މޭ 25 ވާ ބުދަދުވަހުގެ 14.00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3315759 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

4 ޝަޢުބާން 1437

11 މޭ 2016
ހޯދާ