މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލް / މާލެ

ދާއިރާ: އިދާރީ  

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ތިރީގައިމިވާޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

އަސާސީ ޝަރުތު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުން ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. އަދި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މުސާރައާއި ޢިނާޔަތްތައް

މަޤާމުގެ އަސާސީ މުސާރަ: މަހަކު -/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ: މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1- މި ސްކޫލުން އެކިއެކި ފަރާތްތަކަށް ރައްދުކުރަން ހަވާލުކުރާ ސިޓީއާއި މެސެޖް ފަދަ ލިޔުންތައް، ލިޔުންތައް ހަވާލުކުރާތާ ލަސްވެގެން 2 ގަޑިއިރުގެ ތެރޭގައި، ރައްދުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމުން.

2- ސްކޫލުގެ ބޭނުންތަކަށް ފިހާރަތަކުން ހޯދަންޖެހޭ ތަކެތި، ޕާޗޭސް އޯޑަރު ފޯމު ދިނުމުން، ފޯމު ހަވާލުކުރާދުވަހު، ތަކެއްޗަށް ދަތިނުވާނޭ ގޮތަށް، އެ ތަކެތި ސްކޫލަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެތަކެތި ސްކޫލަށް ގެނައުން.

3- ސްކޫލަށް ލިބޭ ބިލްތަކަށް ދައްކަންޖެހޭ ފައިސާ، ބަޖެޓް ސެކްޝަނުން ހަވާލުކުރާތާ ލަސްވެގެން 3 ގަޑިއިރުގެ ތެރޭގައި ހަވާލުކޮށް ނިންމުން.

4- މަސައްކަތު މީހުންގެ މަސައްކަތްތައް، ހަވާލުވެހުންނަ ވެރިއެއްގެ ލަފާގެދަށުން ސުޕަވައިޒްކޮށް، މަސައްކަތުމީހުންގެ ޑިއުޓީތަކާއި މަސައްކަތްތައް ބަހައި ހަވާލުކޮށް، މަސައްކަތް ހިންގާ ނުހިނގާގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ފޯރުކޮށްދިނުން.

5- ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި ފަންކާއާއި ފަރުނީޗަރުތަކުގެ ހާލަތުބަލައި، މަރާމާތާ ގުޅޭ ކަންކަން، ބަޖެޓް ސެކްޝަނާ ގުޅައިގެން ކުރުން.

6- މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންކަން:

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުއަށް.

އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 31 މޭ 2016 އާއި 9 ޖޫން 2016 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ www.muhyiddin.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި ޓްރާންސް ކްރިޕްޓުގެ ކޮޕީ. 
  • ތަޖުރިބާގެ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.           

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

2016 މޭ 31 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެވެ.

1 ޝަޢުބާން 1437

08 މޭ 2016
ހޯދާ