މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިސްކަންދަރު ސްކޫލް ސީ (C) ބްލޮކް އިމާރާތުގެ ފުރާޅު އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އިސްކަންދަރު ސްކޫލް ސީ (C) ބްލޮކް އިމާރާތުގެ ފުރާޅު އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިސްކަންދަރު ސްކޫލް ބީ (B) ބްލޮކް އިމާރާތަށް ފަންގިފިލާއެއް އިތުރުކޮށް ފުރާޅު އުސްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރުމަށް

ޕްރީބިޑް މީޓިންގ

އަންދާސީހިސާބު ހުށަހެޅުމަށް

2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ  11:00

2016 މޭ 31 ވާ އަންގާރަ ދުވަހުގެ  11:00

2016 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341137  ނަންބަރު ފޯނާއެވެ.

25 ރަޖަބު 1437

02 މޭ 2016
ހޯދާ