މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑެޕިއުޓީ ޕްރިންސިޕަލް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލު / މާލެ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފި

ކޭޝަން

ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

MS3

TSO4

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/7،035 ރުފިޔާ

މަހަކު -/2،500 ރުފިޔާ

MS4

TSO5

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/7،875 ރުފިޔާ

މަހަކު -/2،500 ރުފިޔާ

EX1

TSO6

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/8،835 ރުފިޔާ

މަހަކު -/2،500 ރުފިޔާ

EX2

TSO7

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/9،890 ރުފިޔާ

މަހަކު -/2،500 ރުފިޔާ

EX3

TSO8

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/11،065 ރުފިޔާ

މަހަކު -/2،500 ރުފިޔާ

EX4

TSO9

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/12،400 ރުފިޔާ

މަހަކު -/2،500 ރުފިޔާ

EX5

TSO10

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/13،890 ރުފިޔާ

މަހަކު -/2،500 ރުފިޔާ

EX6

TSO11

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/15،560 ރުފިޔާ

މަހަކު -/2،500 ރުފިޔާ

 

އިނާޔަތްތައް

ފޯނު އެލަވަންސް: ކޮންމެ މަހަކު -/350 ރުފިޔާ (ތިންސަތޭކަ ފަންސާސް ރުފިޔާ)

ސްޕެޝަލް އެލެވަންސް: ކޮންމެ މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގެ ފައިސާއަށް، މުވައްޒަފަށް ކޮންމެ މަހަކު ލިބޭ މުސާރައިގެ 3/1 ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ދަރިވަރުންނަށް އުނގަންނައިދިނުމާއި، އިތުރު ހަރަކާތްތައް ރާވައި ހިންގުން.

2. ޓީޗަރުންނާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްގެންދާގޮތް، ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.

3. ސްކޫލުގައި މަސައްކަތްކުރާ ލީޑިންގ ޓީޗަރުންގެ މަސައްކަތް ރާވައި ބެލެހެއްޓުން.

4. ސްކޫލުގެ ތަޢުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ، ސީނިއަރ މެނޭޖްމަންޓް ޓީމުގެ އިސް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.

5. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން، ޖީ. ސީ. އީ. އޯލެވެލްގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.

6. އިދާރީ ހިންގުމާ ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި ބެލެހެއްޓުން.

7. މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާ ބެހޭގޮތުން ލިޔެ ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުން ސެކްސަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ލިޔެ ބެލެހެއްޓުން.

8. ސްޓޮކަށް ލިބޭ ތަކެއްޗާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހައި ކަންތައްތައް، ވަކި މުވައްޒަފަކާ ހަވާލުކޮށްގެން، ފައިސާއާބެހޭ ސެކްސަނުގެ މަޝްވަރާގެމަތިން ހޯދައި ލިބިދިނުން.

9. އިމާރާތްތަކާއި ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް، ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި، އެކަން ބެލެހެއްޓުން.

10. ޕަބްލިކް ރިލޭސަންސާ ގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިޔުމާއި، ސްކޫލުން ރާވައި އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާސަބަތުތައް އިންތިޒާމުކޮށް ކުރިޔަށްގެންދިޔުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން ކުރުވުމާއި، އެކަންކަމަށް އެއްބާރުލުން ދިނުން.

11. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާއާއި ސްކޫލްބޯޑުގެ އެންމެހައި ކަންތައްތައް، ސްކޫލުގެ ފަރާތުން ކޯޑިނޭޓްކޮށް ބެލެހެއްޓުން.

12. ސްކޫލުގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެކަންކަން ބެލެހެއްޓުން.

13. ސްކޫލުގެ އިސްވެރިޔާ އަންގާގޮތެއްގެމަތިން ސްކޫލުގައި ހިންގޭ އެންމެހައި ހަރަކާތްތައް ފަހިކަމާއެކު ކުރިޔަށްގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

14. މީގެ އިތުރުން ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

  • އިންޓަވިޔުކުރުން.
  • ޕްރެޒެންޓޭޝަން ހުށަހެޅުން.

އިންޓަވިއު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 10 މޭ 2016 އާއި 19 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

- އިންޓަވިޔުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިޔު އޮންނަ ތަނާއި ތާރީޚު އެންގޭނެއެވެ. އަދި ޕްރެޒެންޓޭޝަން ހުށަޅަންޖެހޭގޮތުގެ މަޢުލޫމާތުވެސް ފޯރުކޮށްދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ www.muhyiddinschool.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ  
  • ތަޖުރިބާގެ ލިޔުންތައް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

2016 މޭ 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެެވެ.

20 ރަޖަބު 1437

27 އޭޕްރިލް 2016
ހޯދާ