މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ.މީދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާބެހޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ރ.މީދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ރ.މީދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމާބެހޭ އިޢުލާނު ނަންބަރު: IUL)438-RDS/1/2016/45) 

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 މޭ 08 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެއްވަނަ ފަންގިފިލާގައެވެ. އަދި ޕްރީ ބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 މޭ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11.00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected]

02 މޭ 2016
ހޯދާ