އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި ކުންފުނީގެ ކަސްޓަމަރުންނަށް ޚިދްމަތްދޭ އޮފީސް، (ހ.އޯކިޑް، އަމީރު އަޙްމަދު މަގު) ގައި ހަވީރު 16:00 ން ހެނދުނު 08:00 އަށް ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ބިޑް ނަންބަރު: AI/BID/2016/019 އިޢުލާނަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތައް މަދުކަމަށްވާތީ، މި ބިޑް ކެންސަލްކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ކުންފުނީގެ ހެޑްއޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ 04 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވާ ބިޑްގައި ތިރީގައި މިދަންނަވާ ކަންތައްތައް ހިމަނުއްވަންވާނެއެވެ.
- އަގު
- ކޮމްޕެނީ ރަޖިސްޓްރޭޝަނުގެ ކޮޕީ
- މިހާރު ސެކިއުރިޓީ ޚިދުމަތްދެމުންގެންދާ ތަންތަނުގެ ތަފުސީލު.
އިތުރު ތަފުސީލު:
- ހަފުތާގެ ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 08:00 އަށް ހ.އޯކިޑްގައި ސެކިއުރިޓީ ޚިދުމަތްދިނުން.
- ދިވެހިބަހުން މުޢާމަލާތު ކުރަން އެނގުން
- ޔުނީފޯމު ލުން.
ބިޑު އިވެލުއޭޓް ކުރެވޭނެ މިންގަނޑުތައް:
- އަގު %80
- ތަޖުރިބާ %20
14 ރަޖަބު 1437
21 އެޕްރީލް 2016
ހޯދާ