މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑެޕިއުޓީ ޕްރިންސިޕަލް

ބޭނުންވާ ޢަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް 3 އާއި އީ. އެކްސް 5 އާ ދެމެދުން  

މަޤާމުގެ ކްލެސިފިކޭޝަން: ސިނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 އިން ޑިރެކްޓަރ ޖެނެރަލާ ދެމެދު

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލު / މާލެ

ދާއިރާ: ޓީޗިންގ ދާއިރާ ނުވަތަ މެނެޖްމަންޓުގެ ދާއިރާ  

ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

އަސާސީ ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

 

އެމް. އެސް. 3

1- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 4 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 6 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަހަކު -/7،035 ރުފިޔާ

 

 

 

 

މަހަކު -/2،500 ރުފިޔާ

އީ. އެކްސް. 1

1- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 6 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 4 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

މަހަކު -/8،835 ރުފިޔާ

 

 

 

މަހަކު -/2،500 ރުފިޔާ

އީ. އެކްސް. 3

1- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 6 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަހަކު -/11،065 ރުފިޔާ

 

 

 

 

 

 

 

މަހަކު -/2،500 ރުފިޔާ

އީ. އެކްސް. 5

1- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 8 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަހަކު -/13،890 ރުފިޔާ

 

 

މަހަކު -/2،500 ރުފިޔާ

ޢިނާޔަތްތައް:

ފޯނު އެލަވަންސް: މަހަކު -/350 ރުފިޔާ(ތިންސަތޭކަ ފަންސާސް ރުފިޔާ)

ސްޕެޝަލް އެލެވަންސް: މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ: މުވައްޒަފަށް ލިބޭ މުސާރައިގެ 3/1 އިތުރުގަޑީގެ ފައިސާ، ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ދަރިވަރުންނަށް އުނގަންނައިދިނުމާއި، އުނގަންނައިދިނުމައި ގުޅުންހުރި އެންމެހައި ކަންތައްތައް ކުރުމާއި، އިތުރު ހަރަކާތްތައް ރާވައި ހިންގުން.

2. ޓީޗަރުންނާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްގެންދާގޮތް ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.

3. ސްކޫލުގައި މަސައްކަތްކުރާ ލީޑިންގ ޓީޗަރުންގެ މަސައްކަތް ރާވައި ބެލެހެއްޓުން.

4. ސްކޫލުގެ ތަޢުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ، ސީނިއަރ މެނޭޖްމަންޓް ޓީމުގެ އިސް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.

5. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން، ޖީ. ސީ. އީ. އޯލެވެލްގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.

6. އިދާރީ ހިންގުމާ ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި ބެލެހެއްޓުން.

7. މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާ ބެހޭގޮތުން ލިޔެ ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުން ސެކްސަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ލިޔެ ބެލެހެއްޓުން.

8. ސްޓޮކަށް ލިބޭ ތަކެއްޗާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހައި ކަންތައްތައް، ވަކި މުވައްޒަފަކާ ހަވާލުކޮށްގެން، ފައިސާއާބެހޭ ސެކްސަނުގެ މަޝްވަރާގެމަތިން ހޯދައި ލިބިދިނުން.

9. އިމާރާތްތަކާއި ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް، ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި، އެކަން ބެލެހެއްޓުން.

10. ޕަބްލިކް ރިލޭސަންސާ ގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިޔުމާއި، ސްކޫލުން ރާވައި އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާސަބަތުތައް އިންތިޒާމުކޮށް ކުރިޔަށްގެންދިޔުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން ކުރުވުމާއި، އެކަންކަމަށް އެއްބާރުލުން ދިނުން.

11. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާއާއި ސްކޫލްބޯޑުގެ އެންމެހައި ކަންތައްތައް، ސްކޫލުގެ ފަރާތުން ކޯޑިނޭޓްކޮށް ބެލެހެއްޓުން.

12. ސްކޫލުގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެކަންކަން ބެލެހެއްޓުން.

13. ސްކޫލުގެ އިސްވެރިޔާ އަންގާގޮތެއްގެމަތިން ސްކޫލުގައި ހިންގޭ އެންމެހައި ހަރަކާތްތައް ފަހިކަމާއެކު ކުރިޔަށްގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

14. މީގެ އިތުރުން ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންކަން:

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

އިންޓަވިއު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 4 މޭ 2016 އާއި 12 މޭ 2016 އާ ދެމެދުގައެވެ.

- އިންޓަވިޔުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިޔު އޮންނަ ތަނާއި ތާރީޚު އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ www.muhyiddinschool.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ. 
  • ތަޖުރިބާގެ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.           

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

2016 މޭ 4 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ސްކޫލުގެ 3390635 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ