ދިވެހިރާއްޖެ
އިޢުލާން
- އަންދާސީހިސާބު ބޭނުންވެއްޖެ.
 
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކ.ގުރައިދޫގައި ޤާއިމުކުރެވޭ ނެޓްބޯލްކޯޓު ޤާއިމު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި މިކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ހަދާފައިވާ ކުރެހުންތަކާއި މަޢުލޫމާތާ އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: D-338/2015/12 އާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ކ.ގުރައިދޫ ކައުންސިލް އިދާރާ  | 
 28 އެޕްރީލް 2016  | 
 ބުރާސްފަތި  | 
 11:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ކ.ގުރައިދޫ ކައުންސިލް އިދާރާ  | 
 03 މޭ 2016  | 
 އަންގާރަ  | 
 11:00  | 
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
