ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިދަންނަވާ އިޢުލާންތައް ބާޠިލުކުރުން
މިކުންފުނީގެ ބޭނުމަށް ހ.ޖޯޖެޑްވިލާގެ ޢިމާރާތުގެ 1 ވަނަ ފަންގިފިލާ 2 ވަނަ ފަންގިފިލާގެ އިންޓީރިއާ ޑިޒައިންކޮށްދިނުމާއެކު އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތައް ހޯދުމަށް މިކުންފުނިން ކުރެވުނު (IUL)PSM-FP/PSM/2016/03,10,54,67 މިހަތަރު އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ޕްރޮޕޯޒަލްތަކުގައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން ބާޠިލުކޮށްފީމެވެ.
މިކުންފުނީގެ ޓީވީއެމްގެ ޢިމާރާތުގެ އިރުދެކުނުކަންމަތީގައި ހުރި ކުރީގެ އިންފޮމޭޝަން ބިލްޑިންގގެ ތެރޭގައި ނިއުސް ސްޓޫޑިއޯ، ކޮންޓްރޯލްރޫމް އަދި ސްޓާފް ވާރކިންގ އޭރިއާ އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް މިކުންފުނިން ކުރެވުނު (IUL)PSM-FP/PSM/2016/61,79 މިދެ އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ޕްރޮޕޯޒަލްތަކުގައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުންނާއި އަދި އިތުރު ބަދަލުތައް ގެންނަންޖެހުމުގެ ސަބަބުން ބާޠިލުކޮށްފީމެވެ.
މިކުންފުނީގެ ޓީވީއެމްގެ ގޭޓަށް ބަދަލު ގެންނަން ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކުންފުނިން ކުރެވުނު (IUL)PSM-FP/PSM/2016/59,69 މިދެ އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތާއި، އަދި ޑިޒައިނަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ހުރުމުގެ ސަބަބުން ބާޠިލުކޮށްފީމެވެ.
12 ރަޖަބު 1437