މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުރާޖިރުންގެ ދަފުތަރެއް އެކުލަވާލުމަށް
މުރާޖިރުންގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވެއްޖެ
ފަތުރުވެރިކަމުގެ ޞިނާޢަތުގައި ތަރައްޤީ ކުރަމުންދާ ރަށްތަކުގައި ހެދުމަށް ހަމަޖެހިފައިވާ ތިމާވެށްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖަޢާ ކުރުމަށްޓަކައި މުރާޖިރުންގެ ދަފްތަރެއް އެކުލަވާލުމަށް މިމިނިސްޓްރީއަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 މޭ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކޮށްފައި މިވާ ލިޔުންތަކާއެކު މިމިނިސްޓްރީއަށް (ހ.ވެލާނާގެ، 5 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.
- މަސައްކަތަށް ހުށަހަޅާ ކަމުގެ ސިޓީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަނަވަރު
- އީ.ޕީ.އޭ އިން ދެއްވާފައިވާ ހުއްދަ
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
10 ރަޖަބު 1437
18 އެޕްރީލް 2016
ހޯދާ