ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 އޮފީސް / އިދާރާ:  | 
 މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ  | 
| 
 ސެކްޝަން:  | 
 ކޯޕަރޭޓް އެފެއާޒް/ އެޑްމިން އެންޑް ހިއުމަން ރިސޯސް ޔުނިޓް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ  | 
| 
 މުސާރަ:  | 
 މަހަކު -/4،465 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1،500 ރުފިޔާ  | 
| 
 ބޭނުންވާ ޢަދަދު:  | 
 1 (އެކެއް)  | 
| 
 ތަޢުލީމާއި ތަޖުރިބާ:  | 
 1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 - އިދާރާ ހުޅުވައި ލެއްޕުމުގެ އިންތިޒާމްތައް، ޒިންމާދާރުވެރިންގެ މަޝްވަރާގެމަތީން ހަމަޖެއްސުމާއި، އެކަން ކުރުން. - ސެކްޝަންގެ ލިޔެކިޔުންތަކާއި މުވައްޒަފުންގެ ފައިލްތައް ރައްކާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓޭނޭ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން. - ކައުންޓަރަށް ހުށަހެޅޭ އެކިއެކި ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - ކައުންސިލް އިދާރާއަށާއި، ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް މަރުޙަބާ ދެންނެވުމާއި، މެހުމާންދާރީ އަދާކުރުން. - މުވައްޒަފުންނަށް ލިބެންޖެހޭ އެކިއެކި އެލަވަންސް ހޯދުމަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކޮށް، ބަޖެޓް ސެކްޝަނަށް ފޮނުވުން. - އިދާރާގައި ޤާއިމްކުރެވިފައިވާ ފިންގަރ ޕްރިންޓިންގ މެޝިނަށް މުވައްޒަފުން އެންޓަރވާގޮތް ބަލައި މޮނީޓަރކުރުމާއި، އެއާ ގުޅޭ ސޮފްޓްވެއަރ ބެލެހެއްޓުމާއި، އިންޓަރކަމުން އިދާރާއަށް ލިބޭ އެންމެހައި ފޯނުކޯލްތަކަށް ޖަވާބުދާރީވެ، ކަމާގުޅޭ ބޭފުޅުންނަށް ކޯލް ޓްރާންސްފަރކުރުން. - ޤާނޫނާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން. - ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހައި ކަންކަން، ޒިންމާދާރުވެރިންގެ މަޝްވަރާގެމަތީން ހިންގައި ބެލެހެއްޓުމާއި، އިންޓަވިއު ޕެނަލް އެކުލަވައިލައި، އިންޓަރވިއުކުރުމުގެ ކަންތައްތައް އިންތިޒާމު ކުރުން. - ޒިންމާދާރުވެރިންގެ ލަފަޔާ މަޝްވަރާގެމަތީން ސީއެސް ވިޔުގާގެ ތެރެއިން ވަޒީފާއަށް މީހުން ލުމާއި، ފިޔަވަޅު އެޅުމާއި، ވަކިކުރުމުގެ ކަންތައްތައް ކުރުން. - 2014 ގެ ގަވާއިދުގައި ބުނެފައިވާ އިދާރާގެ މަޤާމުތަކުގެ ރަޖިސްޓްރީއާއި، ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. - މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، އަގުވަޒަންކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް، ސެކްޝަނުގެ ވެރިޔާގެ މަޝްވަރާގެމަތިން ތައްޔާރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. - މުވައްޒަފުންގެ ރަސްމީ / ނުރަސްމީ ގަޑީގެ ހާޒިރީ ބެލެހެއްޓުމާއި، ފިންގަރ ޕްރިންޓިންގ މެޝިނަށް އެންޓަރކުރެވިފައިވާ ގޮތް ބަލައި، ރިޕޯޓްތައް ޕްރިންޓްކޮށް، ހާޒިރީ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން. - މުވައްޒަފުންގެ ހާޒިރީ ޝީޓާއި، ކައުންސިލް މެމްބަރުންގެ ހާޒިރީ ޝީޓް، ކޮންމެ މަހެއް ހުސްވުމުގެކުރިން ތައްޔާރުކުރުން. - މުވައްޒަފުންގެ ޕާރސަނަލް ރެކޯޑް ފައިލްތައް ބެލެހެއްޓުން. - ރަސްމީގަޑީގައި މުވައްޒަފުން އޮފީހުން ބޭރަށްދާގޮތުގެ ރެކޯޑް ބެލެހެއްޓުން.  | 
| 
 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ. 2. މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް. 4. މަސައްކަތުގައި އުޅެވޭދަފަ ޞިއްޙަތު.  | 
| 
 އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަހުގެ ތެރޭގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އެކަމަށް އެކަށީގެންވާ ވަގުތު އޮއްވައި އިންޓަވިއު އަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، 2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.  | 
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.  | 
| 
 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 5- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ) 6- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރުފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 7- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމްތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ. ނޯޓް: އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަޞްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640072 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6640072 އެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.  | 
| 
 13 ރަޖަބު 1437  | 
|
