ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މެނޭޖަރ |
|||
މުސާރައާއި އެލަވަންސް: |
މަހަކު -/17،500 ރުފިޔާ |
||
މަޤާމުގެ ރޭންކް: |
EX 4 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަސައްކަތް ކުރަންޖެހޭ ތަން: |
ޕަބްލިކް ސަރވިސް މީޑިއާ |
ޑިޕާޓްމަންޓް: |
އައްޑޫ މީޑިއާ ސެންޓަރ |
މަޤާމުގެ ޝަރުޠު: |
މަސްއޫލިއްތުތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލުކޮށްފައިވުން ނުވަތަ ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
- މީޑިއާ ސެންޓަރުގެ މަސައްކަތްތައް އިސްވެ ހިންގައި، ބަލަހައްޓައި، އިންތިޒާމުކުރުން. - މީޑިއާ ސެންޓަރުން ފޮނުވާ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކޮށް، ޕަބްލިކް ސަރވިސް މީޑިއާގެ މަޢުލޫމާތު ފެތުރުމުގެ ސިޔާސަތާ އެއްގޮތަށް ޕްރޮގްރާމްތައް އުފައްދައި ފޮނުވޭނެ އުޞޫލުތައް ހަމަޖެހިފައިވާގޮތަށް މުވައްޒަފުންގެ މެދުގައި އެކަށައަޅައި، އެ އުޞޫލާ އެއްގޮތަށް މަސައްކަތް ކުރުވުން. - މީޑިއާ ސެންޓަރަށް ކަނޑއެޅިފައިވާ އެއަރޓައިމް އެލޮކޭޝަން މިންގަނޑާ އެއްވަރަށް އެކި ކެޓަގަރީތަކުގެ ޕްރޮގްރާމްތައް ބެހެއްޓޭނެ އުޞޫލެއް ކަނޑައަޅައި، އެ އުޞޫލުން މަސައްކަތް ކުރުވުން. - ސުޕަރވައިޒަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން. - އިދާރީގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އާންމު މަސައްކަތްތަކާއި، ވަކިއުޞޫލަކުން ދާއިމީކޮށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ މުވައްޒަފުން ލައްވައި ކުރުވައި، ކުންފުނީގެ ގަވާއިދުތައް ތަންފީޒުކުރުވުން. - ޕްރޮގްރާމްތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ޕްރޮޑިއުސަރުން މެދުވެރިކޮށް ކުރުވައި، އެކަންކަމުގެ ރެކޯޑްސް ބެލެހެއްޓޭނެ އިންތިޒާމެއް އެކަށައަޅައި، އެ މަސައްކަތް ކުރުވުން. |
||
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން: |
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
||
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މޭ 2 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
12 ރަޖަބު 1437