ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސޭލްސް އެގްޒެކްޓިވް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސޭލްސް އެގްޒެކްޓިވް

މުސާރައާއި އެލަވަންސް:

މަހަކު -/9،450 ރުފިޔާ

މަޤާމުގެ ރޭންކް:

AS 4

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ސޭލްސް

 

މަޤާމުގެ ޝަރުޠު:

ގުޅޭ  ދާއިރާގެ  ޑިޕްލޮމާއެއް  އޮތުން  ނުވަތަ  ޖީ. ސީ. އީ.  އޭ  ލެވެލް  އިމްތިޙާނުން  4 (ހަތަރެއް)  މާއްދާއިން ފާސްވުމާއެކު،  ދާއިރާއިން  2 (ދޭއް)  އަހަރުދުވަހުގެ  ތަޖުރިބާ  ލިބިފައިވުން  ނުވަތަ  ޖީ. ސީ. އީ.  އޯލެވެލް އިމްތިޙާނުން  6  (ހައެއް)  މާއްދާއިން  ފާސްވެފައިވުމާއެކު،  ދާއިރާއިން  1 (އެކެއް)  އަހަރުދުވަހުގެ  ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި ކުންފުނީގެ ޗެނަލްތަކުގެ ޕްރޮގްރާމްތަކަށް ސްޕޮންޝަރޝިޕް ހޯދަންޖެހޭ ރޭޓް ކާޑުތަކާއި ޕްރެޒެންޓޭޝަންތައް ހަދައި، ކްލައިންޓުންނާ ބައްދަލުކޮށް، މި ޕްރޮގްރާމްތައް ވިއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސޭލްސް ޑިޕާޓްމަންޓުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި:

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މޭ 2 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

12 ރަޖަބު 1437

19 އެޕްރީލް 2016
ހޯދާ