ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން 1 އަހަރުދުވަހަށް އިމާމުންނާއި މަސައްކަތު މީހުން ހޯދުން:
| ވަގުތީ އިމާމް / މުދިމު | މަޤާމް: | |||
| 6 (ހައެއް) | ބޭނުންވާ އަދަދު: | |||
| މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް | މަޤާމް އޮތް އޮފީސް: | |||
| ދ. ބަނޑިދޫ މަސްޖިދުލް ރަޙްމަތު، މަސްޖިދުލް އީމާން، ހުކުރު މިސްކިތް | ވަޒީފާ އަދާކުރަންޖެހޭ ތަން: | |||
| އެއްބަސްވުމުގައިވާގޮތަށް، މިސްކިތްތަކުގެ އިމާމުން/ މުދިމުން ޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރު ނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން. | މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: | |||
| ކޮންމެ ނަމާދު ވަގުތަކަށް | ޝަރުޠު | ކްލެސިފިކޭޝަން | ރޭންކް | މަޤާމް | 
| 33/77 ރުފިޔާ | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭމީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން. | އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 | ޖީ. އެސް. 1 | މުދިމު | 
| 39/77 ރުފިޔާ | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، * އިމާމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛ *ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ؛ * ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. | އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | ޖީ. އެސް. 3 | އިމާމު | 
| ވަގުތީ މަސައްކަތު | މަޤާމް: | |||
| 6 (ހައެއް) | ބޭނުންވާ އަދަދު: | |||
| މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް | މަޤާމް އޮތް އޮފީސް: | |||
| ދ. ބަނޑިދޫ މަސްޖިދުލް ރަޙްމަތު، މަސްޖިދުލް އީމާން، ހުކުރު މިސްކިތް | ވަޒީފާ އަދާކުރަންޖެހޭ ތަން: | |||
| އެއްބަސްވުމުގައިވާގޮތަށް، މިސްކިތްތަކުގެ މަސައްކަތު މީހުންޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރު ނުވެވޭފަދަ ދުވަސްތަކުގައި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން. | މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: | |||
| ކޮންމެ ނަމާދު ވަގުތަކަށް 30 މިނިޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު މަސައްކަތްކުރާގޮތަށް. | ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު: | |||
| މަސައްކަތްކުރާ ގަޑިއިރަކަށް | ޝަރުޠު | ކްލެސިފިކޭޝަން | ރޭންކް | މަޤާމް | 
| 22/29 ރުފިޔާ | ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން. | އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 | އެސް. އެސް. 1 | މިސްކިތު މަސައްކަތު | 
| ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ. | ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | |||
| މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން ބާއްވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު ފަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ. | މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން: | |||
| ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) * ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދާއިރާއާ ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް. * މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިފްޓުގެ ކޮޕީ. * ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުންނަ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް) * ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކާއި، ސެޓްފިކެޓްތަކުގެ ކޮޕީ. * މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. * ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގައިވާ ލިޔުންތައް ރަނގަޅަށް އެނގޭފަދަ ކޮޕީއެއް) | 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް: | |||
| ވަޒިފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެން ލިޔުންތައް، 2016 އެޕްރީލް 25 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. | މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | |||
| އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6760045 ނަންބަރު ފޯނާއެވެ. | އިތުރު މަޢުލޫމާތު: | |||
5 ރަޖަބު 1437
 
                    