ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގެ ކުނިއަންދާ ސަރަހައްދުގައި ހުރި އާންމު ފަރާތްތަކުގެ މުދާ އެސަރަހައްދުން ނެގުން

ތިލަފުށީގެ ކުނިއަންދާ ސަރަހައްދުގައި ހުރި އާންމު ފަރާތްތަކުގެ މުދާ އެސަރަހައްދުން ނެގުން. 

ތިލަފުށީގެ ކުނިއަންދާ ސަރަހައްދުގައި އާންމު ފަރާތްތަކުގެ މުދާ ބަހައްޓަމުންދާކަން މިކޯޕަރޭޝަނަށް ވަނީ ފާހަގަ ކުރެވިފައެވެ. ގިނަ އަދަދެއްގެ މިފަދަ ތަކެތި އެސަރަހައްދުގައި ބަހައްޓަމުންދާތީ، މިކޯޕަރޭޝަނުން ކުރަމުންދާ ކުނި ނައްތާލުމުގެ މަސައްކަތަށް ދަނީ ވަރަށްބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންނެވެ.

ވީމާ، ތިލަފުށީގެ ކުނި އަންދާ ސަރަހައްދުގައި ބަހައްޓާފައިހުރި މިފަދަ ތަކެތި ހަތްދުވަހުގެ ތެރޭގައި އެސަރަހައްދުން ނެންގެވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި އެސަރަހައްދުން ނުނަގާހުރި ތަކެތި މިކޯޕަރޭޝަނުގެ ފަރާތުން ނައްތާލެވޭނެވާހަކަ ދަންނަވަމެވެ.

07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ