ދިވެހިރާއްޖެ
އިޢުލާން
މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ
ޓިވެޓް އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މެޝިނަރީ ގަތުމަށް ކުރެވުނު ނަންބަރު އިޢުލާނާ ގުޅިގެން(IUL)22-PU/1/2016/65 ފޮޓޯކޮޕީމެޝިނަށް އަންދާސީހިސާބު ހުށަހެޅި ފަރާތުގެ ސްޕެކް ދިމާނުވުމާއި ކޮމްޕިއުޓަރަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މިތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.
01 ފޮޓޯކޮޕީމެޝިން (ކުލަ)
02 ކޮމްޕިއުޓަރ ސިސްޓަމް
ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
|
2016 އެޕްރީލް 18 ވަނަ ދުވަހުގެ 14:00 އަށް |
2016 އެޕްރީލް 21 ވަނަ ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
