ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ހޯދަން ބޭނުންވެއްޖެ:
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: ރިލީފް ޓީޗަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ކުރަންޖެހޭ މަސައްކަތް:
މި ސްކޫލުގެ ޕްރައިމަރީ ކްލާސްތަކަށް ކިޔަވައިދިނުމަށް.
މަޤާމުގެ ޝަރުޠާއި، މުސާރައާއި ސަރވިސް އެލަވަންސް:
| 
 ޝަރުޠު  | 
 މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން  | 
 މަހަކު -/4،500 ރުފިޔާ  | 
 މަހަކު -/1،500 ރުފިޔާ  | 
ނުވަތަ
| 
 މަތީސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން  | 
 މަހަކު -/5،500 ރުފިޔާ  | 
 މަހަކު -/1،500 ރުފިޔާ  | 
ނުވަތަ
| 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން  | 
 މަހަކު -/6،090 ރުފިޔާ  | 
 މަހަކު -/2،500 ރުފިޔާ  | 
ސުންގަޑި:
ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. ވަޒީފާއަށް އެދޭ ސިޓީ.
2. ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ.
3. މަސައްކަތުގެ ތަޖުރިބާ ހުރިނަމަ، މަސައްކަތްކުރި ތަންތަނުގެ ލިޔުން.
4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
4 ރަޖަބު 1437
