މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމިއުނިކޭޝަން އޮފިސަރ

އައްޑޫސިޓީ، ފުވައްމުލައް އަދި ހުވަދު އަތޮޅުގެ ރަށްރަށް ހިމެނޭ ގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮމިއުނިކޭޝަންސް އޮފިސަރ

ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް އެކެއް (01) ކޮމިއުނިކޭޝަންސް އޮފިސަރ ހޯދުމަށް ބޭނުންވެއެވެ.

ކޮމިއުނިކޭޝަންސް އޮފިސަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތަކުގެ މަޢުލޫމާތު ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން މެނޭޖްކުރުމާއި އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ހިންގުމާ ހަވާލުވެފައިވާ ފަރާތަށް ޕްރޮޖެކްޓްގެ ޢަމަލީ ސިފަ ގެނައުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތު ހިއްސާކުރުމުގައި އަދި ޕްރޮޖެކްޓާ ބެހޭގޮތުން މުޢާމަލާތްކުރުމުގައި އެހީތެރިވެދިނުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ކޮމިއުނިކޭޝަންސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) މެނޭޖްމަންޓްގެ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލު ކޮށްފައިވުން.

ށ) މަދުވެގެން 02 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ ތެރެއިން 01 އަހަރުދުވަހު ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވުން.

ނ) ކުނި މެނޭޖުކުރުމުގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމާއި، ސަރުކާރުގެ އެނަރޖީ އަދި ތިމާވެށްޓާ ގުޅޭ އެކިއެކި ސިޔާސަތުތަކާއި ގަވާއިދުތަކާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) ތަމްރީނު ދޭ ޕްރޮގްރާމްތައް އުފައްދާ ހިންގުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ބ) ގިނަ އަދަދެއްގެ ޒިންމާ ނެގުމުގެ ހުނަރާއި ދަތި ހާލަތްތަކުގައި ހީވާގިކަމާއެކު މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

ޅ) މައިކްރޮސޮފްޓް އޮފީސް ފަދަ އޮފީހުގެ މަސައްކަތް ހިންގަން ބޭނުންކުރާ ސޮފްޓްވެއަރ ބޭނުންކުރުމުގައި އަހުލުވެރިވެފައިވުން.

ކ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

އ) މަސައްކަތްކުރާ ތަނާއި ދާއިރާގެ ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކާއި އެހެނިހެން އިދާރާތަކުގެ އޮފީސްތަކާއި ޖަމްޢިއްޔާތަކާއެކު ޕަރޓްނަރޝިޕް އުފައްދާ ނެޓްވާރކް އުފެއްދުމުގައި ތަޖުރިބާ ލިބިފައިވުން.

ވ) އެހެނިހެން މުވައްޒަފުންނާއެކީ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

މ) ދިވެހި އަދި އިނގިރޭސިބަހުން ލިޔުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން އަދި އެޑްވޮކޭޓް ކުރުމާގުޅޭ ހޭލުންތެރިކުރުމުގެ ތަކެތި ތައްޔާރުކުރުމާއި ނޫސް ބަޔާން ލިޔުމުގެ ހުނަރު ލިބިފައިވުން.

ފ) ލިޔުމާއި ދޭހަކުރުމުގެ ހުނަރު ލިބިފައިވުން.

ދ) ކުނި މެނޭޖުކުރުމާބެހޭ ދާއިރާއިން މަޝްރޫޢުތަކުގެ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އަމިއްލަ މަސައްކަތް ތަރުތީބުކަމާއެކު، ފުރިހަމަ ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު،ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން. އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛ 

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ހަވާލުކުރެވިފައިވާ މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަން ކުރެވޭނެއެވެ.

  މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް -/20,000 ރުފިޔާއާއި -/25,000 ރުފިޔާއާއި ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.

މި މަސައްކަތުގެ މުއްދަތަކީ ސަތިރީސް (36) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 ، 3018431 އަށް ގުޅުއްވުން އެދެމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

04 އެޕްރީލް 2016
ހޯދާ