މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމްޓީސީސީއަށް ތްރެޓް މެނޭޖްމެންޓް ސިސްޓަމް(ޔޫ.ޓީ.އެމް) އެއް ސަޕްލައިކޮށް އަދި ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދުން: (ދެވަނަ ގޮވާލުން)
އެމްޓީސީސީއަށް ތްރެޓް މެނޭޖްމެންޓް ސިސްޓަމް (ޔޫ.ޓީ.އެމް) އެއް ސަޕްލައިކޮށް އަދި ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: MTCC-PD/IU/2016/0046 ކެންސަލްކޮށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އެޕްރީލް 2016 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 7 ވަނަ ފަންގިފިލާ (ބޯޑް މީޓިންގރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އެޕްރީލް 2016 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
04 އެޕްރީލް 2016
ހޯދާ