ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އެޖެންސީގެ ލެބޯޓަރީގައި ސާމްޕަލް ޓެސްޓް ކުރުމަށްޓަކައި 6 މަސްދުވަހަށް ބޭނުންވާ ކެމިކަލް / ރިއެޖެންޓްސް އަދި އެހެނިހެން ތަކެތި ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/14 (28 ފެބުރުވަރީ 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ / އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ތާރީޚު |
ދުވަސް |
ގަޑި |
|
| މަޢުލޫމާތު ސާފުކުރުން |
04 އެޕްރީލް 2016 |
ހޯމަ |
11:00 (ހެނދުނު) |
|
އަންދާސީހިސާބު ހުށަހެޅުއްވުން |
07 އެޕްރީލް 2016 |
ބުރާސްފަތި |
11:00 (ހެނދުނު) |
20 ޖުމާދަލްއާޚިރާ 1437
