ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމް: ޓެކްނީޝަން | ||||
| މުސާރައާއި އެލަވަންސް: | މަހަކު -/8000 ރުފިޔާ | |||
| މަޤާމުގެ ރޭންކް: | TP 9 | ބޭނުންވާ އަދަދު: | 2 (ދޭއް) | |
| މަސައްކަތް ކުރަންޖެހޭ ތަން: | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް: | އިންޖިނިއަރިންގ | |
| މަޤާމުގެ ޝަރުޠު: | ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | |||
| މަޤާމުގެ މަސްއޫލިއްޔަތު: | ޓީވީ ޕްރޮގްރާމް ޝޫޓިންގތަކަށާއި ލައިވްތަކަށް ބޭނުންކުރާ އިކްއިޕްމަންޓްތައް ބެލެހެއްޓުމާއި، އިކްއިޕްމަންޓްތަކަށާއި ޓެކްނިކަލް ފެސިލިޓީތަކަށް ދިމާވާ މައްސަލަތައް ޝިފްޓް ސުޕަވައިޒަރުގެ ލަފާގެމަތިން ޙައްލުކުރުމަށް މަސައްކަތްކުރުމާއި، މަޤާމާ ގުޅޭގޮތުން ސުޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ކުރުން. | |||
| ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 | |||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 | |||
| އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: | އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | |||
| ސުންގަޑި: | މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އެޕްރީލް 5 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. | |||
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ. | |||
15 ޖުމާދަލްއާޚިރާ 1437
 
                    