ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އައި. އެން. ޑީ. ސީ އިމްޕްލިމެންޓޭޝަން ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓް ޓީމެއް ހޯދުމާބެހޭ
ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން އެކުލަވާލެވުނު އައު ޤާނޫނީ އެއްބަސްވުން، ޕެރިސް އެގްރީމަންޓަށް ދިވެހިރާއްޖެއިން ވަނީ އިންޓެންޑެޑް ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އައި.އެން.ޑީ.ސީ) އެއް ހުށަހަޅާފައެވެ. މި އެއްބަސްވުމަށް ރާއްޖޭގެ ފަރާތުން ހުށަހެޅި އައި.އެން.ޑީ.ސީ ގެ އިމްޕްލިމެންޓޭޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް މިމނިސްޓްރީން މިގެންދަނީ ކުރަމުންނެވެ. މިގޮތުން އައި.އެން.ޑީ.ސީގެ އިމްޕްލިމެންޓޭޝަން ޕްލޭން ހެދުމުގެ މަސައްކަތުގައި މިމިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކޮންސަލްޓެންޓް ޓީމެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)438-PRCU/1/2016/13) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ބީލަން ހުށަހަޅާފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު 04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު (މަހަކަށްޖެހޭވަރު އެނގޭގޮތަށް)
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސީވީ.
މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި، 04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 300 3004 960+ ފެކްސް: 301 3004 960+
އީމެއިލް އެޑްރެސް: [email protected]
