ދިވެހިރާއްޖެ
އިޢުލާން
ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ – ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް:
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަށް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ އެއް ޢައްޔަނުކުރުމަށް ބޭނުންވެއެވެ.
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީސް (ޖެފް) ގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ އިމާރަތްތައް ފަރުމާކުރުމުގައި އެނަރޖީ އެފިޝެންޓް ގޮތްތައް ހޯދުމާއި، ބިލްޑިންގ ސެކްޓަރއިން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުމުގެގޮތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ވަޒީފާގެ މައްސޫލިއްޔަތާއި އެހެނިހެން ތަފްސީލް ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ވީމާ މި މަޤާމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުން އެދެމެވެ.
- ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
- މިކަމަށް ޝައުޤުވެރިވާ ފަރާތަކީ މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތެއްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓް ކުރެވިފައި)
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު، 2016 އެޕްރީލް 14 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް، ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުން އެދެމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން،
މާލެ، ދިވެހިރާއްޖެ
ފޯން: 3018329
15 ޖުމާދަލްއާޚިރާ 1437
