ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)  | 
||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ރޭންކް: ޖީ. އެސް. 3  | 
|
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
||
| 
 މުސާރަ:  | 
 މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)  | 
||
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)  | 
||
| 
 މަޤާމް އޮތް ތަން:  | 
 ރަތަފަންދޫ ސްކޫލް  | 
||
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 ރަތަފަންދޫ ސްކޫލް  | 
 މަސައްކަތް ކުރަންޖެހޭ ސެކްޝަން: އިދާރީ  | 
|
| 
 
 މަޤާމުގެ ޝަރުޠު:  | 
 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލުގެ ސެޓްފިކެޓް އިމްތިޙާނުގެ ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.  | 
||
| 
 
 
 
 
 
 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:  | 
 1- ޑިއުޓީ ގަޑީގައި އެކި ބޭނުންތަކުގައި ސްކޫލަށް އަންނަ ފަރާތަތަކުގެ ބޭނުންތައް ވީހާވެސް އަވަހަކަށް ބަލައި، އެކަމެއް ކޮށްދެވެން އޮތަނަމަ، އެކަމެއް ކޮށްދިނުން ނުވަތަ އެކަމެއް ކުރެވެން އޮންނަ އުސޫލު އޮޅުންފިލުވައިދިނުން. 3- ޓީޗަރުން ސްކޫލަށް ނާންނަ ދުވަހެއްނަމަ، ރިލީފް ހަދައި، ޓީޗަރުންލައްވައި ސޮއިކުރުވުން. 4- ސްކޫލުން ވަކިވާ ކުދިންނަށް ލީވިންގ ސެޓްފިކެޓްތައް، ހަމަޖެހިފައިވާ އުސޫލުން ހައްދައިދިނުމާއި، ސްކޫލަށް ވަންނަ ކުދިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 5- ސުޕަވައިޒަރުންނާއި ޓީޗަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުން. 6- ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ނުނިމޭނަމަ، އިތުރުގަޑީގައި ނުކުމެގެން ނިންމުން. 7- ސްކޫލުގައި ބޭއްވޭ އިތުރު ހަރަކާތްތަކާއި ޚާއްޞަ ރަސްމިއްޔާތުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަސްމީ ދުވަސްތަކުގައި ސްކޫލުގެ އޮފީހުން އަންގާ، ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް ކުރުން. 8- މުވައްޒަފަކު ޗުއްޓީ ނެގުމާ ގުޅިގެން އެ މުވައްޒަފެއް ކުރަމުންއައި، ވަޒީފާއާ ގުޅޭ މަސައްކަތެއް ސްކޫލުން ހަވާލުކޮށްފިނަމަ، އެ މަސައްކަތެއް ކުރުން.  | 
||
| 
 ޢިނާޔަތްތައް:  | 
 1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
||
| 
 
 ވަޒީފާއަށް އެންމެ ޤާބިލް މީހުން ހޮވުމުގައި ބެލޭނެ ކަންތައް:  | 
  | 
||
| 
 
 އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:  | 
  | 
||
| 
 މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 29 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން، ސިވިލް ސަވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް، ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.  | 
||
| 
 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) 4- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވޯކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ކިޔަން އެނގޭ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7983087 ނަންބަރު ފޯނަށް ނުވަތަ 7888505 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ، Email:[email protected] އަށެވެ.  | 
||
8 ޖުމާދަލްއާޚިރާ 1437
