ދިވެހިރާއްޖެ
އިޢުލާން
ރަތަފަންދޫ ޖެޓީގެ އުތުރުކޮޅުން ތެޔޮވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުން
ރަތަފަންދޫ ބަނދަރުގެ އުތުރުކޮޅުން ޖެޓީކައިރިން ތެޔޮވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ދެބިން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.
| 
 #  | 
 ބިމުގެ ނަންބަރު  | 
 ބިމުގެ ބޮޑުމިން  | 
 ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)  | 
 އިޖުތިމާޢީ ކަންކަމަށް ދެވޭ އެހީ މަހަކު އެންމެ ކުޑަމިންވަރު  | 
| 
 1  | 
 ތެޔޮ ވިއްކުމަށް ޚާއްޞަ 1 ނަންބަރު ބިން  | 
 800 އަކަފޫޓު  | 
 -/1000 ރުފިޔާ  | 
 -/1200 ރުފިޔާ  | 
| 
 2  | 
 ތެޔޮ ވިއްކުމަށް ޚާއްޞަ 2 ނަންބަރު ބިން  | 
 800 އަކަފޫޓު  | 
 -/1000 ރުފިޔާ  | 
 -/1200 ރުފިޔާ  | 
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ މިންވަރު ކަނޑައަޅައި ހުށަހަޅުއްވަންވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ބިމަކަށް ވަކިން ތަފުސީލު ހުށަހެޅުއްވުން އެދެމެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ކުރެވޭނެ ކަންތައްތައް.
 
1– ހަމައެކަނި ތެޔޮވިއްކުމުގެ މަސައްކަތް.
މާކްސް ދެވޭގޮތުގެ ތަފުސީލު:
| 
 މާކްސް ދެވޭނެ ކްރައިޓީރިއާ  | 
 މާކްސް ދެވޭގޮތް  | 
 ތަފުސީލު  | 
| 
 ހުށަހަޅާ މަހުކުއްޔަށް  | 
 40%  | 
  | 
| 
 ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން  | 
10% | 
  | 
| 
 އިޖުތިމާޢީ ކަންކަމަށް ކުރާ ޚަރަދަށް  | 
 50%  | 
  | 
ނޯޓް: މި ދެބިން ކުއްޔަށް ހިފާ ފަރާތުން ބިމުގައި ތެޔޮ ވިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ބިމުގެ ވަށާ އިންފާރު އެންމެ ކުޑަވެގެން 4 ފޫޓު އުސްމިނަށް ރާނައި ނިންމަންވާނެއެވެ.
ވީމާ، އިސްވެދެންނެވުނު ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އެންމެފަހުން ފައިސާ ދެއްކި ރަސީދުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
4 ޖުމާދަލްއާޚިރާ 1437
