|
މަޤާމު: މެނޭޖަރ އީކޮމާސް އެންޑް މާރކެޓިންގ
|
|
މުސާރައާއި އެލަވަންސް:
|
މަހަކު -/17500 ރުފިޔާ
|
|
ބޭނުންވާ އަދަދު
|
01
|
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އީ ކޮމާސް އެންޑް މާރކެޓިންގ
|
|
މަޤާމުގެ ޝަރުޠު:
|
މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން އަންޑަރގްރެޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އީކޮމާސް އެންޑް މާކެޓިން ޑިޕާޓްމެންޓްގެ ޕްރޮޖެކްޓްސްތައް ރާވައި ހިންގުން.
- ނިއުމީޑިޔާގައާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ކުންފުނީގެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުން.
- ކުންފުނީގެ ބްރޭންޑްސްތައް މެނޭޖްކުރުމުގައި އެހީވުން.
- ކުންފުނީގެ އީކޮމާސް ޕްލެޓްފޯމްތައް މެނޭޖްކޮށް ބެލެހެއްޓުން.
- ކުންފުނީގެ އެންމެހައި ޕްރޮޑަކްޓްސްތައް ޑިޖިޓަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ބޭނުން ކުރެވޭގޮތަށް ތައްޔާރުކުރުން.
- ކުންފުނީގެ ޑިޖިޓަލް އަދި މަލްޓިމީޑިޔާ ޕްލެޓްފޯމްތައް (ކުންފުނީގެ ވެބްސައިޓާއި ސޮފްޓްވެއަރ އަދި އެޕްލިކޭޝަންތައް) މެނޭޖްކޮށް ބެލެހެއްޓުން.
- ކުންފުނީގެ ޕްރޮޑަކްޓްސްތައް މާކެޓް ކުރުމަށް، ތަފާތު ޕްލެޓްފޯމްތަކުގައި ކަންކަން ރާވައި ހިންގުން.
- ކުންފުނީގެ އިންޓަރނަލް އަދި އީމާކެޓިންގގެ ކަންކަން ރާވައި ހިންގުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަލްޓިމީޑިއާ، މާރކެޓިންގ އަދި ޕީ. އާރު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
- މީގެ އިތުރުން، އިނޮވޭޓިވް ޚިޔާލުތަކާއި ކްރިއޭޓިވިޓީގެ މިންވަރު ބެލެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ
- ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
|
އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 މާރިޗު 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|