ދިވެހިރާއްޖެ
އިޢުލާން
މި އަހަރުގެ މަސްވެރިން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ މަސްރޭހާއި ގުޅޭ:
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ކައުންސިލުން "މަސްވެރިން ދުވަހުގެ މަސްރޭސް 2026" ގެ ނަމުގައި ބާއްވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މަސްރޭހުގައި މިރަށުގައި ދިރިއުޅުއްވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެއެވެ.
މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހެދުމަށްފަހު 06 ޑިސެންބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް "ރަޖިސްޓްރީ ފޯމް" ހުށައެޅުއްވުން އެދެމެވެ. ޓީމެއްގައި މަދުވެގެން ހިމެނޭނީ (ކެޔޮޅު ހިމަނައިގެން) 4 މީހުންނެވެ. އޭގެ އިތުރުން ކޮންމެ ޓީމަކާއެކު މަސްދަތުރުގައި ކައުންސިލްގެ ފަރާތުން އޮބްޒާވަރަކުވެސް ބައިވެރިވާނެއެވެ. ޓީމުގައި އަންހެން ފިރިހެން އެއްކޮށް އަދި ވަކި ވަކިންވެސް ބައިވެރިވެވިދާނެއެވެ. މި މަސްރޭހުގައި ބައިވެރިވުމަށް އެދޭ ޓީމްތަކަށް މިކަމަށް ތައްޔާރުކުރެވިފައިވާ ގޫގަލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވެވޭނެއެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެންބަރ 2026 ވާ ބުރާސްފަތި ދުވަހުއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ގަޑީގައި ނަމަ 6580052 އަދި ނުރަސްމީ ގަޑިތަކުގައި ނަމަ 7783448 (ކައުންސިލް ނައިބް ރައީސް ހުސައިން އަރީފް) އަށް ގުޅުއްވުން އެދެމެވެ.
މަސްރޭހުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:
1- 1 ވަނައަށް -/3000
2- 2 ވަނައަށް -/2000
3- 3 ވަނައަށް -/1000
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
